ގެއްލުން ދިން އައްޑޫ ސިޓީ މީދޫގެ ކޯގަންނަ ގަބުރުސްތާނުގެ މާހަނަތައް މަރާމާތު ކުރަން ފަށައިފި އެވެ.

ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ގަބުރުސްތާނު އަދި ދުނިޔޭގެ އާސާރީ ބިނާތަކުގެ ލިސްޓުގައި ހިމެނޭ ކޯގަންނަ ގަބުރުސްތާނަށް މީގެ ކުރިން އެތައް ފަހަރަަކު ގެއްލުންދީފައި ވެއެވެ.

އެގޮތުން އެންމެ ފަހުން ގެއްލުން ދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެއެވެ.

މީދޫ އަވަށު އޮފީހުން ބުނީ ގެއްލުންދިން މަހާނަ ގާތައް މަރާމާތުކުރުމުގެ މަސައްކަތް ރާއްޖޭގެ ނެޝެނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުގެ ބެލުމުގެ ދަށުން މިހާރު ފަށާފައިވާ ކަަމށެވެ.

ނެޝެނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުން ވަނީ މަހާނަ ގަލަށް ލިބޭ ގެއްލުންތައް މަރާމާރުކުރުމަށް މީދޫ އަވަށު އޮފީހުގެ ތިން މުވައްޒަފަކުވެސް ތަމްރީންކޮށްފަ އެވެ.

އެ ގަބުރުސްތާނަށް ތަކުރާރަކޮށް ގެއްލުން ދޭތީ އެތަން ހިމާޔަތްކުރުމަށް މީދޫގެ މެޖިސްޓްރޭޓު ކޯޓުން 2017 ވަނަ އަހަރު ފުލުހުންގެ މައްޗަށް އަމުރެއްވެސް ނެރުނެވެ.

ރާއްޖެ އިސްލާމުވުމުގެ ކުރިން ވެސް މީދޫގެ ގަބުރުސްތާނުގައި މީހުން ވަޅުލަން ފަށާފައިވާކަން އެ ތަނުގައި ހުރި ތާރީހީ ލިޔުންތަކުން އެނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން