އަހުޒަމް އަޙްމަދު   20 މާރިޗު 2024 - 11:55
ރޭ މާލެއިން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްފި އެވެ.

ފުލުހުންހެ ހިދުމަތުން އެކްސްގައި ކުރި ޕޯސްޓެއްހައި ބުނީ މާލޭ ސިޓީގެ މަގުމަތި އެންމެނަށް ފަސޭހަތަނަކަށް ހެދުމައްޓަކައި ނުގަވައިދުން ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރި ކަމަށެވެ.

އެގޮތުން ރޭ މާލޭސިޓީ، ތާޖުއްދީން ސްކޫލް އަދި ހިރިޔާ ސްކޫލް ވަށައިގެންވާ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް ޕާކް ކޮށްފައިވާ 60 ވެހިކަލް ޓޯކޮށް ފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތައް ނެގުމަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

އެއާއެކު ކޮންމެ ރެއަކުހެން ފުލުހުން ދަނީ ވެހިކަލްތައް ނަގަމުން ނެވެ.

ނަމަވެސް ޕާކު ކުރާނެ ތަނެއް ނެތި ވެހިކަލްތައް ޓޯ ކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޕާކު ކުރުމިގެ މައްސަލަ ހައްލުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން