ސިނަމާލެ ބުރިޖުގެ މެއިންޓެނެންސް އިތުރު ތިން އަހަރަށް ހިލޭ ކޮށްދޭން ޗައިނާއާއެކު ސޮއިކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއި ކުރެއްވިއިރު ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީ ޝިން އެވެ.

މެއިންޓަނެންސްގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ސީސީސީސީ އެސްއެޗްއީސީ ކުންފުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި މިހާރު ކުރަން ޖެހޭ މަރާމާތުތައް ދެނެގަނެ ހައްލުކުރުމާއި ޕްރިވެންޓިން މެއިންޓެނަންސް މަސައްކަތްތަކާއި ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރެކޯޑް ބަލަަހައްޓާނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

މީގެއިތުރުން ބްރިޖް މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ހެދުން ވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ.

އެއްބަސްވުން ނިމެންވާއިރު މެއިންޓެނެންސްގެ މަސައްކަތަށް ދިވެހީން ތަމްރީންކުރަން ވެސް ހަމަޖެހިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން