ޕޯސްޓަރު ހަރުކުރަން ޕޭވްމަންޓަށް ޖަހާ ހޮޅިތައް ނަގާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކެންޑިޑޭޓުން ދަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން ނެވެ. އަދި މާލެއާއި ރަށްރަށުގައި ދަނީ ޕޯސްޓަރުތައް ހިއްޕަމުން ނެވެ.

އެގޮތުން މާލޭގައި ކެމްޕޭން ޕޯސްޓަރުތައް ހަރުކުރުމަށް މަގުމަތީ ޕޭމަންޓްގައި ހޮޅި ޖަހަމުންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

ނަމަވެސް މިއީ މުޅިން މަނާކަމެއް ކަމަށް މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ.

"މިގޮތަށް ޖަހާ ހޮޅިތައް ކައުންސިލުން ނަގަމުންދާނެ ވާހަކަ ދަންނަވަމެވެ." ކައުންސިލުން އިތުރަށް ބުނެފައި ވެއެވެ.

މީގެ ކުރީގެ އިންތިހާބުތަކުގައި ބެނާތައް ދަމަން ބޮޑު ތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުށްތައް ބޭނުންކުރާތީ އެކަން ނުކުރަން ވެސް ސިޓީ ކައުންސިލުން އަންގާފައި ވެއެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން