ކޮވިިޑް-19 ގެ ފަހުގެ މައުލޫމާތު
ކޮވިިޑް-19 ގެ ފަހުގެ މައުލޫމާތު
ރާއްޖެ އިން މިއަދު އިތުރު 129 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް 27 މީހުން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 93 ދިވެހިންނާއި ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ 8 މީހަކާއި ސްރީލަންކާ 4 މީހަކާއި އިންޑޮނޭޝިޔާ މީހެއް ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރެއިން 127 މީހުން ޕޮޒިޓުވް ވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން 02 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

މިއަދު ބަލިޖެހުނު 129 މީހުންނާއެކު މިހާރު ވަނީ ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު 4293 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 27 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2670 އަށް އަރާފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ އަދަދު ވަނީ 1490 އަށް އަރާފައެވެ. އައިސޮލޭޝަންގައި ތިބީ 1013 މީހުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 92 މީހަކަށެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްތަކަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިން ހާލަތަށް ވެސް ވަނީ ގެނެސްފައެވެ. ކޮވިޑް-19އާ ގުޅިގެން ހއ.ގެ ދެރަށަކާއި ހދ.ގެ 3 ރަށެއް މޮނިޓަރިންގެ ޙާލަތަށް މިއަދު ވަނީ ގެނެސްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހއ. އަތޮޅުން މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އިހަވަންދުއާއި މާރަންދޫ ކަމަށެވެ. އަދި ހދ.އަތޮޅުން ފިނޭއާއި ނޮޅިވަރަމާއި މަކުނުދޫވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް އެރަށް ރަށައް އަރައި ފޭބުން މަނާކޮށްފައެވެ. މޮނިޓަރިންގެ ޙާލަތުގައި އޮންނައިރު މި ރަށްތަކަށް އަރައި ފޭބޭނީ ކަމާބެހޭ އިދާރާއެއްގެ ހުއްދައެއް ލިބިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން