ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދޮރުން ދޮރަށް ކުރައްވާ ކެމްޕޭނުގައި، މިއަދު މާފަންނު ހުޅަނގުގައި ކެމްޕޭން ކުރައްވައިފިއެވެ.

މާލޭގައި ދޮރުން ދޮރަށް ކެމްޕޭން ހަރަކާތްތައް ރައީސް ފައްޓަވާފައި ވަނީ ހޯމަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ދޮރުން ދޮރަށް ވަޑައިގަންނަވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. އަދި މިއަދު ދޮރުން ދޮރަށް ހިންގަވާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ރައީސް މިހާތަނަށް ބޮޑަށް ކުރެއްވީ އަތޮޅުތަކަށް ވަޑައިގެންނެވެ.

އެގޮތުން މިދިޔަ މާޗު މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް 33 ދުވަހުން ރައީސް ވަނީ 150 ރަށުގެ ކައުންސިލާ ބައްދަލު ކުރައްވައިފަ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި 89 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން