ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ
މާލީ ނިޒާމު އިސްލާހު ކުރުމަށް މަޖިލިސް މެޖޯރިޓީ ސަރުކާރަށް ދިނުން މުހިންމު ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންއިރު ޤައުމު އޮތީ ބަނގުރޫޓުވުމާ ގާތުގައި ކަމަށާއި މި ހާލަތުން އަރައިގަތުމަށްޓަކައި ކުރަން އޮތް އެންމެ ބޮޑު ޤައުމީ މަސައްކަތަކީ ލޯނުތައް ރިސްޓަރަކްޗަރ ކުރުމާއި މާލީ ނިޒާމު އިސްލާހުކޮށް، ޤާނޫނީ އޮނިގަނޑު މެދުވެރިކޮށް ހެޔޮބަދަލުތައް ގެނައުން ކަމަށެވެ.

"މިކަން ކުރެވޭނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އަގަކާނުލައި ހެޔޮ ހިތުން ސަރުކާރަށް ތާޢީދުކުރާ، ޤައުމީ ލާބައަށްޓަކައި ސަރުކާރާއިއެކު މަސައްކަތް ކުރާނެ ކެނޑިޑޭޓުންނަށް ދީގެން. ޤައުމީ މަސްލަހަތު އިސްކުރައްވައި ސަރުކާރު ބާރުވެރި ކުރުވައިގެން" ފަހުމީ ވިދާޅުވިއެވެ.



މީގެ އިތުރުން ފަހުމީ ވިދާޅުވީ، މިއީ ގައުމީ މަސައްކަތެއް ކަމަށާއި މި މަސައްކަތުގައި ހުރިހާ ދިވެހިން އެކުގައި އެއްބައިވަންތަކަމާއިއެކު ކުރިއަށް ދާން އެދޭ ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހު އިންތިހާބު ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން