ޒަހީނުއްދީން ސަޢީދު   4 އޯގަސްޓު 2020 - 3:42
ރައްޔިތުންމަޖިލީހުގެ އިދާރާ
ރައްޔިތުންމަޖިލީހުގެ އިދާރާ
މާދަމާ ބާއްވަން ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ހަފުތާ އަށް ފަސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، މާދާމާގެ ޖަލްސާ ކެންސަލްކޮށް މެންބަރުންނަށް އެކަން އަންގާފައިވާ ކަމަށެވެ. މި ހަފްތާގައިވެސް އިތުރު ޖަލްސާއެއް ދެން ނޯންނާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

އާންމުކޮށް މަޖިލީހުގެ ޖަލްސާތައް އޮންނަނީ ހޯމަ، އަންގާ އަދި ބުދަ ދުވަހުއެވެ. މަޖިލީހުގެ އިދާރާއިން ބުނީ ދެން ޖަލްސާއެއް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތިން ދުވަހުވެސް މަޖިލީހުގެ ކޮމެޓީތައް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

ރާއްޖޭގައި ކޮވިޑް ރޯގާ ފެތުރުން އިތުރުވެފައިވާއިރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ބައެއް މެންބަރުން މިއަދު ވަނީ ގޮވާލައްވާފައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ވަކި ގޮތެއް ނިއްމަވާފައެއް ނުވެއެވެ. ރައީސް އޮފީހުން ވަނީ މިހަފުތާގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން