އަންގާރަ ދުވަހު ސަރުކާރު ބަންދުކުރި ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ހުޅުވާ ގޮތަށް ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސަރުކާރު ބަންދު ކަމުގައި ވީނަމަވެސް އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އެ ބޭންކުގެ ބްރާންޗުތައް ހުޅުވަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުން ކަމެއްގައި ނޫން ގޮތަކަށް ބްރާންޗްތަކަށް ނުދިޔުމަށް ވަނީ އެދިފައެވެ. އަދި ބޭންކަށް އައުމުގެ ބަދަލުގައި މޯބައިލް ބޭންކިންގ ނުވަތަ ސެލްފް ސަރވިސް ބޭންކު ސެންޓަރު ބޭނުން ކުރުމަށް ބީއެމްއެލުން އިލްތިމާސްކުރެއެވެ.
ކަސްޓަމަރ ސަރވިސް ސެންޓަރަށް ދިޔުމުގެ ކުރިން ކަސްޓަމަރުން ކިއު ބީ އެޕުން ޓޯކަން ނެގުމަށް ވަނީ ބޭންކުން އެދިފައެވެ. ހުރިހާ ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އަދި ގައިދުރުކަމަށް އިސްކަން ދިނުމުގެ ގޮތުން ދުވާލެއްގެ މައްޗަށް ހިދުމަތް ދޭން ހަމަޖެހިފައިވަނީ 300 ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ. ބީއެމްއެލުން ބުނީ ރައްކާތެރިކަމަށްޓަކައި މާލެ އަދި ހުޅުމާލޭގައި ހުންނަ ބީއެމްއެލްގެ ބިޒްނަސް ސެންޓަރުން ހިދުމަތް ދެމުންދާނީ ކުރިޔާލާ ދޫކުރާ އެޕޮއިންޓްމަންޓްތަކަށް ކަމަށެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ބުނީ ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ބޭންކިންގ ހިދުމަތާއި އެމްއެމްއޭގެ ހިދުމަތް އަދި ސިޓީ އާއި ތަކެތި ބަލައިގަތުން ކުރިއަށްދާނެ ކަމަށެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސް ސޯލިހް ވަނީ ނިއްމަވާފައެވެ.
ނަމަވެސް މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ދެމުން ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު