ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކުން ރަނގަޅުވާން ދެ މަހެއް ވަރު ނަގާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޝަމީމަށް ބަޔަކު ހަމަލާ ދިނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހެނދުނު އެެވެ.

މަރުތޭލެއް ބޭނުންކޮށްގެން ދިން އެ ހަމަލާ އެރީ ޝަމީމްގެ އަތްޕުޅުގެ މުލައްދަނޑިއަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ ހަމަލާގައި އޭނާގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ޝަމީމް މިއަދު ވިދާޅުވީ ލިބުނު އަނިޔާތައް މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި އަދި މިހާރުވެސް ފަރުވާ ހޯދަމުންދާ ކަމަށެވެ.

އެކަމަކު އެއްކޮށް ރަނގަޅުވާން އަދިވެސް ދެ މަސް ވަރު ނަގާނެ ކަމަށް ޝަމީމު ވިދާޅުވިއެވެ.

ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް މީހުން ހައްޔަރު ކުރި އެވެ. ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކުރި އެންމެންނަކީވެސް ދިވެހި ފިރިިހެނުން ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން