1445 ވަނަ އަހަރު ރޯދަމަހާއި ދިމާކޮށް ރަސް އޮންލައިން އިން ކުރިއަށްދާ ހާއްސަ ރޯދަ ވީއްލުން ޕްރޮމޯޝަނަކީ ދިވެހީންނަށް ކަމުދާނެ ފަދަ ރެސްޓޯރެންޓް ތަކުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ރޯދަ ވީއްލުމެއް ދިނުމުގެ ގޮތުން ކުރިއަށްދާ ޕްރޮމޯޝަނެކެވެ. ރޯދަމަސް ނިމެންދެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި މާލެ، ހުޅުމާލެ، ކ. މާފުށި އަދި އައްޑޫ ސިޓީގެ ރެސްޓޯރެންޓް ތަކުން ރޯދަ ވީއްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގައި ބައިވެރިވެލުމަށް:

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގައި ބައިވެރިވެލުމަށް މިލިޔުން ހިއްސާކޮށްފައިވާ ރަސްގެ ފޭސްބުކް ޕޯސްޓަށް ލައިކްކޮށް ޝެއަރ ކުރުމަށްފަހު ކޮމެންޓް ކޮށްލަންވީއެވެ. ކޮމެންޓު ކުރާނީ އެހަފްތާގައި ރޯދަ ވީއްލުން ހަމަޖެހިފައިވާ ރެސްޓޯރަންޓް ތަކުގެ ތެރެއިން އެމީހަކު ރޯދަ ވީއްލަން ބޭނުންވާ ރެސްޓޯރެންޓެއްގެ ނަމެވެ. އެއަށް ފަހު އެ ކޮމެންޓަށް ލައިކް ހޯދާށެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ވާނީ އެންމެ ގިނައިން ލައިކް ލިބޭ ކޮމެންޓް ކޮށްފައިވާ ފަރާތެވެ. އަދި އެމީހަކު ކޮމެންޓުގައި ފާހަގަކޮށްފައިވާ ރެސްޓޯރެންޓުން ރޯދަ ވީއްލުން ހަމަޖެހިގެން ދާނެއެވެ.

މި ޕްރޮމޯޝަނުން ރޯދަ ވީއްލުން ލިބޭނެ ފަސް ރެސްޓޯރެންޓުން ރޯދަ ވީއްލުމަށް 5 ނަސީބުވެރިޔަކު ހޮވޭނެއެވެ. އަދި ކޮންމެ ނަސީބުވެރިޔަކާއެކު ރޯދަ ވީއްލުމުގައި ޖުމްލަ 4 ފަރާތަކަށް ރޯދަ ވީއްލުން ހަމަޖެހިގެންދާނެއެވެ.

ރަސް ރޯދަވީއްލުން 2 ވަނަ ހަފްތާ:

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގެ ދެވަނަ ހަފްތާގައި ރޯދަ ވީއްލުން ހާއްސަކުރެވިފައިވަނީ ގޯމީލް ބައި ގޯމޭ، ބިރިޔާނީ ރޯޔަލް، 1000 ބީސީ، މަމަކް، އަދި މެލަން ބައި މަލަޑީވާ އިންނެވެ. މިހަފްތާގެ ޕްރޮމޯޝަން ކުރިއަށްދާނީ 26 މަރޗް ވާ އަންގާރަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ.

ގޯމީލް ބައި ގޯމޭ:

ގަސްތަކުގެ ހިޔަލުގައި ހިތްފަސޭހަ މާހައުލަކުން އާއިލާ އާއި ރައްޓެހިންނާއެކު ރޯދަ ވީއްލުމަކަށް އިންސާފުކޮށްލާނަމަ މާލެގައި ގާއިމުކޮށްފައިވާ ގޯމީލް ބައި ގޯމޭ ރެސްޓޯރަންޓް މިއީ ހަމަ އެއްވަނައެވެ. ދިވެހިންގެ ރަހަތަކާ ރައްޓެހި އެތައް ވައްތަރެއްގެ ކެއިން ބުއިމުން ފުރިފައިވާ ގޯމީލްގެ ރޯދަ ވީއްލުމުގެ މެނޫ އިން ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ ގޯމީލް ގެ ފޯނު ނަންބަރު 7587870 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ. މީގެ އިތުރުން އާއިލާގެ ގިނަ ބަޔަކު ނުވަތަ ރައްޓެހިންގެ ގްރޫޕަކާއެކު ރޯދަ ވީއްލުމެއް ނުވަތަ ތަރާވީސް ގަޑީގެ ކެއުމެއް އިންސާފު ކޮށްލަން ބޭނުންނަމަ، 100 މީހުންނާއި ހަމައަށްވެސް ބޫކިންގް ހަދާލެވޭނެއެވެ.



ބިރިޔާނީ ރޯޔަލް:

އެސްޓީއޯ ފުޑް ކޯޓުގައި ހުންނަ ބިރިޔާނީ ރޯޔަލް އަކީ އިންޑިއާގެ ތަފާތު ރަހަތަކާއި، ހުޅަނގާއި ދިވެހިރާއްޖޭގެ މީރު ރަހަތަކުން ފުރިހަމަވެފައިވާ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މަޝްހޫރު ތަނެކެވެ. ބިރިޔާނީ ރޯޔަލްގެ ރޯދަ މެނޫއިން ކޮންމެ ދުވަހަކުވެސް ތަފާތު ވައްތަރު ތަކުގެ ކެއުމުގެ ރަހަ ފެނިގެންދާއިރު، ކެއުމަށް އިންސާފު ކުރާ މެހެމާނުންނަށް ތަފާތު ތާޒާ ޖޫސްތަކާއި، އެކި ވައްތަރުގެ މިލްކް ޝޭކްތަކާއި، ބޮމްބޭ ޓީ އާއި މަސާލާ ޓީ ފަދަ ނަން މަޝްހޫރު ބުއިންތައްވެސް ލިބެން ހުރެ އެވެ. ބިރިޔާނީ ރޯޔަލް ހޯދާލާކަށްވެސް މާއުނދަގުލެއް ނޫނެވެ، އެއީ ވިލިގިލީ ފެރީ ޓާމިނަލާ ދިމާލުން އެސްޓީއޯ ފުޑް ކޯޓުގެ ފުރަތަމަ ޔުނިޓުގެ ގޮތުގައި އެންމެ ފަސޭހައިން ފެންނަން ހުންނާނީ ބިރިޔާނީ ރޯޔަލްއެވެ. ބިރިޔާނީ ރޯޔަލް އިން ރޯދަ ވީއްލުމަކަށް އިންސާފުކޮށްލުމަށް ބޫކިންގ ހައްދަވާލަން އެކަމަށް ހާއްސަ ވެބްސައިޓް އަށް ޒިޔާރަތްކޮށްލުމުން ފަސޭހައިން އެކަން ހަމަޖެހިގެންދާނެއެވެ.



1000ބީސީ

1000ބީސީ އަކީ އައްޑޫސިޓީގައި ފާހަގަކޮށްލެވޭ ރެސްޓޯރަންޓްތަކުގެ ތެރެއިން އެފަދަ ދެވަނައެއް ނެތް، ހިތްގައިމު ތަނެކެވެ. 2014 ވަނަ އަހަރު އައްޑޫސިޓީ، މަރަދޫގައި ހުޅުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ މަޤުބޫލުކަން ހޯދާފައިވާ 1000 ބީސީ ބްރޭންޑަކީ ތަފާތު ބްރޭންޑެކެވެ. ޒުވާނުންނާއި އުމުރުން ދުވަސްވީމީހުންނާއި ކުޑަކުދީންނާއެކުވެސް ތަނުގެ ތަފާތު ރަހަތަށް އަޖުމަބަލާލުން މީ ކޮންމެހެންވެސް ކޮށްލަންޖެހޭކަމެކެވެ. ދިވެހިންގެ ރަހަތަކާ ރައްޓެހި އެތައް ވައްތަރެއްގެ ކެއިން ބުއިމުން ފުރިފައިވާ 1000ބީސީ ރޯދަ ވީއްލުމުގެ މެނޫ އިން ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ 1000ބީސީ ފޯނު ނަންބަރު 9885590 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ.



މަމަކް:

މެލޭޝިޔާގެ ކެއުންތަކަށް ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މަމަކް އަކި ދިވެހިންގެ މެދުގައި އާ ނަމަކަށް ނުވާނެކަން ޔަގީނެވެ. އެތައް ބައެއްގެ ލޯބި ލިބެމުންދާ މަމަކް އިން މި ރޯދަމަހަށް ހާއްސަކޮށް މިވަނީ ތަފާތު ރަހަތަކެއްވެސް ތައާރަފްކޮށްފައެވެ. އެގޮތުން ރޯދަ ވީއްލުމަށް ހާއްސަ މެނޫއިން މެލޭޝިޔާގެ ރަހަތަކާއެކު، މެދުއިރުމަތިން ފާހަގަކޮށްލެވޭ ރަހަތަކުގެ ތެރެއިން ޗިކްޕީސް ޕޮޓޭޓޯ، އާއި ފަލަސްތީނުގެ މަޤްލޫބާ އަދި މުތައްބާލް ފަދަ ކެއުންތައް ހިމެނިފައިވެއެވެ. މިހެންކަމުން އާއިލާ އާއި ރައްޓެހިންނާއެކު ތަފާތު ރަހަތަކާއެކު ރޯދަ ވީއްލުމަކަށް އިންސާފުކޮށްލާނަމަ މަމަކް ވަރެއް މިފަހަރު ނެތެވެ. މަމަކްގެ ހާއްސަ ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ މަމަކްގެ ފޯނު ނަންބަރު 9813666 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ.



މެލަން ބައި މަލަޑީވާ:

ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މެލަން ބައި މަލަޑިވާ ރެސްޓޯރެންޓަކީ މާފުށީގައިި މިވަގުތުހުރި އެންމެ ރީތި، އެންމެ ހިތްގައިމު އަދި ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ ރެސްޓޯރެންޓެކެވެ. ތިމާވެށްޓާއި ރައްޓެހި ގްރީނަރީ ގާރޑެން އެއް އެކުލެވޭ މަލަޑިވާ ބީޗް އެންޑް ސްޕާގެ މިހިތްގައިމު އިންހައުސް ރެސްޓޯރެންޓަކީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަގުބޫލު ރެސްޓޯރެންޓެވެ. މަލަޑިވާ އަކީ ތަނުގެ ޗާލުކަމުން މާފުށްޓަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެވެސް ލޮލުގައި އެންމެ އަޅައިގަންނަ ތަނެވެ. ފަތުރުވެރިންނަށް މިތަންފެނި މިތަނުގެ ކުރިމަތީ ފޮޓޯ ނުނަގާ އެންމެފަތުރުވެރިއެއްވެސް ނުހުންނާނެއެވެ. ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީރު ރަހަތަކަށް އިންސާފުކޮށްލާ، މީރު ބުއިންތަކާއި، ސީފުޑްގެ ޑިޝް ތަކަށް އިންސާފުކޮށްލަން ވިޔަސް މީ ހަމަ އެއްވަނައެވެ. އާއިލާ އާއި، ރައްޓެހިންނާއެކު، ނުވަތަ ވިޔަފާރި ބައްދަލުވުމަކަށް ވިޔަސް ހިތްގައިމު މާހައުލަކުން މީރު ކެއުމަކާއި، ބުއިމެއް އިންސާފުކޮށްލަން އެދޭނަމަ މެލަން ބައި މަލަޑީވާ ހިޔާރުކޮށްލަންވީއެވެ. ބައިނަލްއަގުވާމީ އެކި ރަހަތަކުން ފުރިފައިވާ މެލަން ބައި މަލަޑީވާ ރެސްޓޯރަންޓުގެ ރޯދަ ވީއްލުމުގެ މެނޫ އިން ރޯދަ ވީއްލުމަކަށް އިންސާފުކޮށްލަން އެދޭނަމަ މެލަން ބައި މަލަޑީވާގެ ފޯނު ނަންބަރު 9932323 އާއި ގުޅައި ބޫކިންގ ހަދާލެވޭނެއެވެ.



1445 ވަނަ އަހަރު ރޯދަމަހާއި ދިމާކޮށް ރަސް އޮންލައިން އިން ކުރިއަށްދާ ހާއްސަ ރޯދަ ވީއްލުން ޕްރޮމޯޝަނުގައި ޖުމްލަ 25 ރެސްޓޯރެންޓަކުން 100 މީހުންނަށް ރޯދަ ވީއްލުން ހަމަޖެހިގެން ދާނެއެވެ. މިއީ ރޯދަ މަހަކާއި ގުޅުވައިގެން ރޯދަވީއްލުމުގެ ޕްރޮމޯޝަނެއް މިހާ ބޮޑުކޮށް ރާއްޖޭގައި ކުރިއަށް ގެންދާ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން