ކޯވިޑް-19އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ސިއްހީ އޮފިޝަލުން
ކޯވިޑް-19އާއި ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ބައެއް ސިއްހީ އޮފިޝަލުން
މާލޭގެ އެކި ސަރަހައްދުތަކުން ނަގާ ސާމްޕަލްތަކުގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވާކަން ފާހަގަކުރެވިފައިވާ ކަމުގައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ރޭ ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުން އެކްޓިވް ސަވައިލެންސްގެ ދަށުން ނަގާ ސާމްޕަލްތަކުން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މާލޭގެ އެކި ސަރަހައްދު ތަކާއި އަތޮޅުތަކުގައި ވެސް އެކްޓިވް ސަވައިލެންސްގެ ދަށުން ސާމްޕަލް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

" މިހާރު ވެސް އެކްޓިވް ސަވައިލެންސް ގެ ދަށުން ވަރަށް ގިނަ ސާމްޕަލް ނަގާ. ވަރަށް ގިނަ މީހުން އެކްޓިވް ސަވައިލެންސްގެ ދަށުން ޕޮޒިޓިވްވަމުން ވެސް އެބަދޭ، އެދުވަސްވަރު އަންނަ ކޭސްތަކަށް ބަލާފައި އެކްޓިވް ސަވައިލެންސްގެ ދަށުން ޕޮޒިޓިވްވާ މީހުން ޕޮޒިޓިވްވަނީ ކޮންކޮން ތަންތާކުން ކޮންކަހަލަ ބައެއްތޯ ބަލާފައި އަޅުގަނޑުމެން ބައެއް ފަހަރު ރީ ޑައިރެކްޓް ( ބަދަލުކުރަން) ކުރަން. ބައެއް ސަރަހައްދުތަކަށް ނުވަތަ ތަންތަނަށް އެކްޓިވް ސަވައިލެންސް ވެސް އެގޮތަށް ހުންނާނެ ބަދަލުކޮށްފަ ވެސް މިހާރު. ދެދުވަހެއްގައި މަސައްކަތްކުރަން ފަޅުތެރޭގައި ހުރި ދޯނި ފަހަރުގެ މީހުންގެ ސާމްޕަލްތަކެއް ނަގަން." ނަޒްލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގައި ސާމްޕަލް މިހާރު ނެގެނީ ހަމައެކަނި ފުލޫ ކްލިނިކު ތަކުން ކަމަށެވެ. އެހެން ނަމަވެސް އަތޮޅު ތެރޭގައި އިތުރު އެކްޓިވް ސާމްޕަލް ނަގަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

" ކޮންމެވެސް ވަރަކަށް އެކްޓިވް ސާމްޕަލް ނެގޭނެ މިހާރުވެސް ޚާއްސަކޮށް ކޭސް އަކާއި ގުޅިގެން އަޅުގަނޑުމެން އެބަ ނަގަން، އެކަމަކު އިތުރަށް މުޅި ރާއްޖޭގެ އެކި ހިސާބުތަކުން އެކްޓިވް ސާމްޕަލްތައް ނަގަން މިހާރު އެބަ މަސައްކަތް ކުރަން." ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒްލާ ވިދާޅުވީ ރަށްރަށައްދާ މީހުން ރަށައް ގޮސް ހޯމް ކަރަންޓީނުގައި ތިބޭއިރު ކަރަންޓީނުގެ އުސޫލުތަކަށް ތަބާވުން ވަރަށް މުހިންމު ކަމަށެވެ. އެއީ ރަށައް ބަލި ފެތުރުނަ ނުދިނުމަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މާލެ އިން ރަށްރަށަށްދާ އޮޑި ދޯނި ފަހަރުން ވެސް މުދާ އެރުވުމާއި ބޭލުމުގައި ވެސް އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން