ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ހާމަ ކުރަށްވާފައެއް ނުވެއެވެ.

އެހެންކަމުން ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ކިހާ ދުވަހަކަށް ކަމެއް ސާފެއްނުވެއެވެ.

ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ތުރުކީ ވިލާތަށެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އެއަށް ފަހު ކޮޕް 28 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށްވެސް ރައީސް ޑރ. މުއިއްޒު ޔޫއޭއީއަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ރައީސް މުއިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފަ އެވެ.

ރައީސް މި ފަހުން ބޮޑަށް ދަތުރުފުޅުތައް ކުރައްވަމުން ގެންދެވީ އަތޮޅުތަކަށެވެ. އެއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންތަކަށެެވެ.

އެގޮތުން 33 ދުވަހުން 14 އަތޮޅަކަށް ވަޑައިގެން 150 ކައުންސިލެއްގެ ބޭފުޅުންނާ ބައްދަލު ކުރެއްވި އެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން