ރާ ފުޅިތަކެއް ހިފައިގެން މާލޭގައި ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ މީހަކު ފުލުހުން ހުއްޓުވުމުން އެ މީހުން ހިފައިގެން އުޅުނު ރާ ފުޅިތައް މަގުމައްޗަށް އުކާލައިފައި ފިލައިފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރޭ 11 ޖަހާކަންހާއިރު ކަމަށެވެ.
ސައިކަލެއްގައި ފޮށި ގަނޑެއް ހިފައިގެން ދިޔަ ދެ މީހަކު ފުލުހުން ހުއްޓުވީ އެ މީހުންނާމެދު ޝައްކުތަކެއް އުފެދިގެން ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ހުއްޓުވުމުން އެ ދެ މީހުންގެ އަތުގައި އޮތް ފޮށިގަނޑު މަގުމަށްޗަށް އެއްލާލި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެއާއެކު އޭގައި ހުރި ރާ ފުޅިތައް ތަޅައިގެން ދިޔައޫ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފޮށިގަނޑު އެއްލާލުމަށް ފަހު އެ މީހުން ވަނީ ފިލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު