ހިސާން ހުސައިން (ވ) ރައީސް ފަތްކޮޅު ދެއްވަނީ
ހިސާން ހުސައިން (ވ) ރައީސް ފަތްކޮޅު ދެއްވަނީ
މިހަފްތާގައި ސަރުކާރު އޮފީސްތައް ބަންދުކުރަން ނިއްމި ނަމަވެސް ކޯޓުތަކުން ޝަރީޢަތްތައް ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކަށް ރޭ އަންގައިފިއެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ސޮއި ކުރައްވާ ރޭ ކޯޓުތަކަށް ފޮނުއްވެވި ސާކިއުލާއެއްގައި، ކޮވިޑް-19 މުޖުތަމައުތެރޭގައި ފެތުރެމުންދާ ރަށްރަށުގައި ދަށު ކޯޓުތަކުންނާއި އިސްތިޢުނާފު މަރުޙަލާގެ ކޯޓުތަކުން އެކޯޓެއްގެ ފަނޑިޔާރުން ނިންމަވާގޮތެއްގެ މަތިން ޝަރީޢަތްތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ވަނީ އަންގަވާފައެވެ.

އަދި ކޮވިޑް-19 ރޯގާ ފެތުރެމުންނުދާ ރަށްރަށުގެ ކޯޓުތަކުގެ ޝަރީޢަތްތައް ޖޭއެސްސީ އިން ކުރިން ނެރެފައިވާ ސާކިއުލާގައިވާ ގޮތުގެމަތިން ކުރިއަށް ގެންދެވުމަށް ވެސް މި ސާކިއުލާގައި ހިސާން ވަނީ އަންގަވާފައެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސް ސޯލިހް ވަނީ ނިއްމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން