ރޯދަވެރިޔާގެ އަހުލާގު ރަނގަޅު ނުކުރާނަމަ ރޯދައިން ލިބޭ ދަރުމަ އުނިވާނެކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ ރޯދައަކީ މުސްލިމުންގެ އަހުލާގު ތަހުޒީބުކޮށް ތަރައްގީކޮށްދޭ އަޅުކަމެއް ކަމަށެވެ. އަދި ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަދި ދެބައޮޑުވުމާއި ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭނެކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.
ހަމަ އެހެންމެ ދެބަސްވުންތަކާއި ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ވެސް ދުރުހެލިވާން ޖެހޭނެކަމަށް ބުނެފައި ވެއެވެ. އެގޮތުން ކީރިތި ރަސޫލާގެ ހަދީސަކާ ހަވާލާދީ ބުނީ ދޮގުހެދުމާއި އެފަދަ އަމަލުތައް ކުރުން ދޫކޮށްނުލާ މީހާ ކެއުމާއި ބުއިން ދޫކޮށްނުލާ ހުރުމަކީ މާތް ﷲ އެދިވަޑައިގަންނަވާނެ ގޮތެއް ނޫން ކަމަށެވެ.
"[މި] ހަދީސުން ލިބޭ އިބުރަތަކީ ރޯދަވެރިޔާގެ އަހުލާގު ރަނގަޅުނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނެކަމެވެ. އެ ހާރުން އޭނާ ވާހުށީ ގިޔާމަތް ދުވަހުން މި ދުނިޔޭގައި ކުޅަކަންތައްތަަކަށް ހިތާމަ ކުރާނެ މީހަކަށެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ރޯދައިގެ އަޅުކަމުގައި ރޫހާނީ އިޖުތިމާއި ސިއްހީ ގިނަގުނަ ފައިދާތަކެއްވާކަން ވެސް ހަނދާންކޮށްދީފައި ވެއެވެ. ހަމަ އެހެންމެ ރޯދަ މަހަކީ އަހަރުމެންނަށް ކެތްތެރިކަން ދަސްކޮށްދޭ މަހެއް ކަމަށާއި އަދި ރޯދައަކީ ކެތްތެރިކަމުގެ ދެބައި ކުޅަ އެއްބައިކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު