މި ހުކުރުވެސް ޒުވާން ހަތަރު ޚަތީބަކު އިމާމުވެ މާލޭގައި ހުކުރުކޮށްފި އެވެ،

މިއަދު އިމާމުވެ ހުކުރުކުރި ޒުވާނުންގެ ތެރޭގައި މާފަންނު އާ މިސްކިތުގައި ހުކުރުކުރި ޖަޒްލާން މާހިރުއާއި މަސްޖިދުލް ޝާކިރީންގައި ހުކުރުކުރި ހަސީފް ސައީދު ހުސެއިންގެ އިތުރުން ޒިޔާރަތް މިސްކިތުގައި ހުކުރު ކުރި މުހައްމަދު ޒަމީއު ޒައީމް އަދި މަސްޖިދުއް ސުލްތާނުލް އާދިލުގައި ހުކުރުކުރި ހުސެއިން އަމްޒަރު ހަސަން މަނިކު ހިމެނެ އެވެ.

މިއަދު ހުކުރު ކުރި ޒުވާނުންނަކީ ޒުވާން އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ދާފި ފަހުން ބޭއްވި ފުުރަތަމަ ބުރު ނިންމި 57 ޒުވާނުންގެ ތެރޭގައި ހިމެނޭ ޒުވާނުން ތަކެކެވެ.

އެ ޕްރޮގްރާމް ނިންމި ޒުވާނުންގެ ތެރެއިން ހަތަރު ޒުވާނަކު މިދިޔަ ހަފްތާގައި ވެސް މާލޭގެ ހަތަރު މިސްކިތެއްގައި ވަނީ އިމާމުވެ ހުކުރުކޮށްފަ އެވެ.

ރާއްޖޭގެ ބައެއް މިސްކިތްކުގައި ސްކޫލު ކުދިން މީގެ ކުރިން ވެސް ވަނީ އިމާމުވެ ނަމާދުކޮށްފަ އެވެ. އޭގެ އިތުރުން އިމާމުވެ ތަރާވީސްވެސް ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން