މާލޭ ސިޓީގެ މިސްކިތްތައް ސާފުކުރުމުގެ ވަޒީފާއަށް ދިވެހިން ކުރިމަތިލުމަށް މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކުރުމަށް ވަޒީފާއަށް ކުރިމަތިލުމަށް މާލޭ ސިޓީ ކައުންސިލުންް މިހާރު ވަނީ އިއުލާންކޮށްފައެވެ. ދެފަހަރެއްގެ މަތިން މިސްކިތް ފޮޅާ ސާފު ކުރުމުގެ ވަޒީފާއަށް މީހުން ހޯދުމަށް ހުޅުވާލި ނަމަވެސް ވަޒީފާތަކަށް އެކަށީގެންވާ ވަރަށް ދިވެހިން ލިބިފައެއް ނުވެއެވެ.

އެގޮތުން މިސްކިތްތައް ފޮޅާ ސާފުކުރަން 114 ދިވެހިން ބޭނުންވާއިރު ދެ ފަހަރަށް އިއުލާންކޮށްގެންވެސް މިހާތަނަށް ލިބުނީ 14 މީހުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެއީ ކޮންޓްރެކްޓްގެ މުއްދަތު 1 އަހަރަށް އޮތުމުންކަމަށް ފެންނާތީ ސިޓީ ކައުންސިލުން މިހާރު ވަނީ އެ މުއްދަތު 3 އަހަރަށް ބަދަލުކުރަން ނިންމާފައެވެ.

މިކަމަށް ޢިޝާރަތް ކުރަށްވައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިސްކިތްތައް ފޮޅާ ސާފުކުރުމަށް އަދިވެސް 110 ޖާގަ އެބަ އޮތްކަމަށެވެ. އެހެންކަމުން އެކަމަށް ކުރިމަތިލުމަށް 2 ޖިންސުންގެ ޒުވާނުންނަށް އާޒިމް ގޮވާލެއްވިއެވެ.



މޭޔަރު ވަނީ ރާއްޖޭގެ މިސްކިތްތައް ދިވެހިން އަތުން ފޮޅާ ސާފުކުރުމަކީ އުފަލަކަށް ހަދައި އެކަމަކީ ފަހުރެއް ކަމަށް ހެދުމަށް އެދިވަޑައިގެންފައެވެ.

"ރާއްޖޭގެ މިސްކިތްތައް ދިވެހިންގެ އަތުން ސާފުކުކޮށް ބެލެހެއްޓުމަކީ ލިބޭ ފަހުރެއް އަދި އުފަލެއްކަމުގައި ހައްދަވާ." މޭޔަރު އާޒިމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނާގޮތުން މިސްކިތް ސާފު ކުރުމުގެ ވަޒީފާ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 12000 ރުފިޔާގެ މުސާރަ އެއް ލިބެއެވެ. މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަަކަށް އެފުރުސަތު ހުޅުވާލައިފައިވަނީ މިމަހުގެ 28ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހުދުހުދު

23-Mar-2024

ދެރަވަރު...........ރީތިކޮށް މިސްކިތް ހަދާފަ މިސްކިތަށް ނައަންނާށޭ ބުނަނީ.....މިހާރު އަރަނީ އަގުބޮޑު ރީތި ފައިވާން .ބޫޓަށް ބޭރުގައި ހުއްޓާ ވެހިގަތީ ތެމުނީ ހަލާކުވީ.ހުކުރު މިސްކިތް ހެދި ޒަމާނުގައި ފައިވާނަކަށް ނާރާ.ވަޅުން ފައި ދޮވެގެން އަރަނީ...ޑިޒައިން ފާސް ކުރަނީ މިނިސްޓްރީން.....އަޅެ ކީއްވާނީ ނޭނގި ކުރެވުނީމާ އެކަން ރަނގަގު ކޮށްލަން....ޑިޒައިން ކުރާމީހަކު ގާތު ބުނަންވީނު ހުސް ޖާގަ ދައްކާފަ މިސްކިތުގެ ރީތިކަން ނުގެއްލޭ ގޮތަށް ފައިވާން ބަހަށްޓާ ތަނެއް ޑިޒައިން ކޮށްލާށޭ....ފިނިފެން މަލެއް ހުންނަހެން ވެސް ކޮށްލަފާނެ.


0

އިބްރާހީމް

23-Mar-2024

12000 ރ. އަކީ އެންމެ އެކަށޭނަ މުސާރައެއް ނޫން



ޓްރެންޑިން