އިޒްރޭލުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ގާޒާގައި ހިންގާ ލާއިންސާނީ އުދުވާނީ ހަމަލާތަކާއި އަނިޔާ ލިބެމުންދާ ފަލަސްތީނަށް ނަސްރު ދެއްވުން އެދި ކުރަމުން އައި ދުއާ ހުކުރު ހުތުބާއިން އުނިކޮށްފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7، ގައި އިޒްރޭލުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ގާޒާއަށް އަރައިގަނެ ހިންގަން ފެށި ގަތުލުއާންމާ ގުޅިގެން ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށާއި ފަލަސްތީނުގެ ރައްޔިތުންނާއި އެގައުމުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ހުކުރު ހުތުބާގައި ވަނީ ދުއާ އެއް ހިމަނާފައެވެ. ފަލަސްތީނުގެ މުޖާހިދުންނަށް ނަަސްރު ދިނުމަށް އެދި ކުރާ ދުޢާ ހުކުރު ހުތުބާއިން އުނި ކޮށްފައިވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓް ކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުމަށް އެދި ކުރާ ދުޢާ ހުކުރު ހުތުބާއިން އުނިކޮށްފައިނުވާނެ ކަމަށެވެ.





އަދި އެ ދުޢާއަށް ހުކުރު ހުތުބާގައި މެދުކެނޑުމެއް ނާންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިއަދު ވެސް އެ ދުޢާ އައި (ހުކުރު ހުތުބާގައި). ތިއީ ހަގީގަތާއި ހިލާފު ވާހަކަ އެއް." އޮންލައިން ނޫހެއްގައި ލިއެފައިވާ ޚަބަރެއް ހިއްސާ ކުރަށްވައި މިނިސްޓަރު ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައި ފަރުޝު ނަމާދު ތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އަޑުހަރުކޮށް ގުނޫތު ކިޔާފައި ވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން