ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ ހަތަރު މެމްބަރުންގެ ޖާގަ އަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އިތުރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ސިވިލްސާވިސް ކޮމިޝަނުން ހުސްވެފައިވާ 4 މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ބޭފުޅުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު ދޭއްޖެހުމުގެ ކުރިން، އެ މަޤާމަށް ކުރިމަތިލުމަށްއެދޭ ފޯމާއި، އިޤްރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުވާލާފައެވެ. ސިވިލްސާވިސް ކޮމިޝަންގެ 4 މެމްބަރަކު މަޤާމުން ހުސްވެފައިވަނީ 4 މެމްބަރުންވެސް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިފައިވަނިކޮށް 3 މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވައި، އެއް މެމްބަރެއްގެ އިތުބާރު ނެތްކަމަށް ވޯޓްނަގައި ފާސްކޮށްފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. މިހާރު ސިވިލް ސަރވިސް ކޮމިޝަންގައި ހުންނެވީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.

ސީއެސްސީ އަށް މެމްބަރުން އައްޔަނު ކުރާނީ ރައްޔިތުންގެ މަޖިލީހުން، ކުރިމަތިލާ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން