ސައުދީ ފަންޑުގެ އެހީގައި ސަރުކާރުން އަޅަން ނިންމާފައިވާ 400 ހައުސިންގ ޔުނިޓްގެ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީން ފިނޭންސް މިނިސްޓްރީއާއިއެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ބުނީ، ހުޅުމާލޭގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއަށް ޕްރޮޖެކްޓް މެނޭޖުމަންޓް ކޮންސަލްޓެންޓެއް ނެގުމާއި ބެހޭގޮތުން ފިނޭންސްއާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިކަމަށާއި އެ މަޝްރޫއު ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާތައް ކުރިއަށް ގެންދެވިފައިވާކަމަށެވެ.

މި މަޝްރޫއަކީ ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓްގެ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި މަޝްރޫއުގެ އެހީގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާއި ސައުދީ ފަންޑާއިއެކު ސޮއި ކޮށްފައިވަނީ މިދިޔަ ސަރުކާރުގައެވެ. އަދި އޭރު ވެސް ވަނީ މި ޕްރޮޖެކްޓްގެ ކޮންސަލްޓެންސީގެ މަސައްކަތްތައް ބަޔަކާ ހަވާލުކުރުމަށް ފިނޭންސްއިން އިއުލާނުކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން