އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި ގުޅޭގޮތުން ދޮގު ޚަބަރު ފެތުރިޔަސް، ވެރިކަމަށް އައުމަށް ކުރާ މަސައްކަތުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެ ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ އަރިހުގައި، ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވާ ޑރ. ޖަމީލުގެ ޝަކުވާ، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރައްވައިފައިވާކަމަށް ބުނެ "ރާއްޖެ އެމްވީގައި" ލިޔެފައިވާ ޚަބަރާއި ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ އެ ޚަބަރަކީ ހަގީގަތާއި ޚިލާފު ދޮގު ޚަބަރެއްކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި ސްޕެޝަލް އެޑްވައިޒާ އަދި އެޑްވައިޒާއަކީ އިލްމާއި ހިލްމުހުރި، ތަޖުރިބާކާރު، އިޚުލާސްތެރި ލީޑަރުންކަމަށެވެ. އެންމެން ގުޅިގެން ކުރަމުންދަނީ އެއްމަސައްކަތެއް ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވެރިކަމަށް ގެނައުން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ. މިމަސައްކަތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕުން ކުރާ މަސައްކަތަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ދޮގުމައުލޫމާތުގެ މައްޗަށް ހަދާފައިވާ ޚަބަރެއް. ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި ސްޕެޝަލް އެޑްވައިޒާ އަދި އެޑްވައިޒާއަކީ އިލްމާއި ހިލްމުހުރި، ތަޖުރިބާކާރު، އިޚުލަސްތެރި ލީޑަރުން. ރައީސް ޔާމީން މިނިވަންކޮށް 2023ގައި ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައުމަށް ކުރާ މަސައްކަތް ވަރުގަދަ ކުރާނަން. އިންޝާ ﷲ." އާދަމް ޝަރީފްގެ ޓްވީޓްގައި ވިދާޅުވިއެވެ.

"ރާއްޖެއެމްވީ"ގެ ޚަބަރުގައި ބުނެފައިވަނީ ޑރ. ޖަމީލް މަސައްކަތް ކުރައްވަނީ ރައީސް ޔާމީންގެ މަގުބޫލުކަން އިތުރުކޮށް އެމަނިކުފާނު މިނިވަންކޮށް ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތަށްވުރެ ބޮޑަށް އަމިއްލަ މަގުބޫލުކަން އިތުރުކޮށް ވެރިކަމަށް އައުމުގެ މަސައްކަތްކަމަށެވެ. އަދި ޑރ. ޖަމީލް ކަންތައް ކުރައްވަމުން ގެންދަވަނީ ހަމަ އެކަނި ޑރ. ޖަމީލަށް ސަމާލު ކަން ހޯއްދެވުމަށް ކަމަށާއި، އެހެން އެކަން ވުމުގެ ސަބަބުން އެހެން އެންމެންގެ މުހިންމު ކަން ކުޑަވެ، ސަޕޯޓަރުންގެ ތާއީދު ޑރ. ޖަމީލަށް އިތުރުވަމުން ދާތީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް މުހައްމަދު ސަޢީދު ވިދާޅުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

މިޝަކުވާތައް ރައީސް ޔާމީންގެ އަނބިކަބަލުން އަދި އެމަނިކުފާނުގެ ވެރިކަމުގައި އެންމެ ނުފޫޒުގަދަކޮށް ފެނުނު ފާތިމަތު އިބްރާހިމްގެ އަރިހުގައި ދެންނެވީ މުހައްމަދު ސައީދުކަމަށް އެނޫހުގައި ލިޔެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން