ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މިހާރަށްވުރެ ޝާމިލްކޮށް ރިސްކް އެލަވެންސް ދިނުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އެމްޓީސީސީ، އެޗްޑީސީ އަދި ވެމްކޯ ކަހަލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކް އެލަވެންސް ނުލިބޭ މައްސަލާގައި މާލެ ސިޓީ، މއ. ސްނޯވައިޓް އާމިނަތު ނަތާޝާ ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން ރައީސް ވަނީ އެކަމަށް ޖަވާބު ދެއްވާފައެވެ.

ނަތާޝާ ފާޅުކުރެއްވި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތުގައި ރިސްކް އެކުލެވިގެންވާނަމަ އެ ކުންފުންޏެއްގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެ އެލަވެންސް ހަމަޖެހެންވާނެ ކަމަށެވެ. ނަމަވެސް އައުޓްޑޯ މަސައްކަތެެއް ނުކުރާ ކުންފުންޏެއްގެ މުވައްޒަފުންނާއި އެނޫން ކުންފުނިތަކުގެ މުވައްޒަފުން ތަފާތުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލާނަން ރިސްކް އެންވަޔަރަމެންޓެއްގައި މަސައްކަތްކުރާ ކުންފުނިތަކުގެ މުވައްޒަފުންނަށް މިހާރަށްވުރެ ޝާމިލްކަން ބޮޑުގޮތެއްގައި ރިސްކް އެލަވެންސް ތައާރަފު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން." ރައީސް ވިދާޅުވިއެވެ.



ރައީސް އިތުރަށް ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކު އެލަވެންސް ދެވޭނެގޮތެއް ހަމަޖައްސައިދީ އެފަދަ މައްސަލަތައް ހައްލުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން