ޤާނޫނު އަސާސީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އުފައްދާފައިވާ ގިނަ މުއައްސަސާތައް ޤާނޫނީ ހުސްކަމެއްގައި އޮތްކަމީ ސަރުކާރުގެ އިހުމާލުވުން ކިތަންމެހާވެސް ރަނގަޅަށް ސާފުވެގެންދާ ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްއަސާތަކުގެ ތެރެއިން އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގެ އެންމެ މަތީ ޒިންމާ އުފުލަންޖެހޭ ކޮމިޝަންތައް ޤާނޫނީ ހުސްކަމެއްގައި އޮތްކަން ފާހަނގަ ކުރަށްވައި ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއްކަމަށްވާއިރު، މިހައްގުތައް ކަށަވަރު ކުރާނެ ގޮތެއް މިއަދު ނެތްކަމަށެވެ.

މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަށް ސިޔާސީ ގޮތުން ބިރުދައްކައި މަޤާމުން ވަކިކުރުމުން އެތަންތަނަށް ކުރިމަތިލާނެ މީހަކުނުވެ ކޮމިޝަންތައް ހުސްވެފައިވާކަމީ ވެވޭ ވަރަށްބޮޑު ބޭއިންސާފެއްކަމަށް ހުސައިން ވިދާޅުވިއެވެ. އިންސާނީ ހައްގުތައް ނިގުޅައިގަނެ، ޖިންސީ ފުރައްސާރައާއި، ރޭޕާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ އެތައް ކަމެއް އާންމުވެފައިވާއިރު މިމައްސަލަތައް ބަލާނެ މިނިވަން ކޮމިޝަނެއް މިއަދު ރާއްޖޭގައި ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަން ހުރި ގިނަ މުއައްސަސާތައް މިވަގުތު ވަނީ ޤާނޫނީ ހުސްކަމެއްގެ ތެރޭގަ. މިއަށްވުރެބޮޑު އިހުމާލެއް އޮންނާނެތޯ؟ މިއަށްވުރެއްބޮޑު ކަންބޮޑުވުމެއް އެބައޮތްތޯ؟ އިންސާފާއި ހައްގުތަކުގެ ވާހަކަ ދައްކަން އެމްޑީޕީ ވަރެއް ހަމަ ނެތް ދެއްތޯ؟" ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ހުސެއިން މިފަދަ އިބާރާތަކުން ވާހަކަ ދައްކަވާފައިމިވަނީ އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ޤާނޫނު އަސާސީން އުފައްދާފައިވާ ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުން ވަކިކޮށް ބައެއް މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކޮމިޝަން ޤާނޫނީ ހުސްކަމެއްގައިވާ ދަނޑިވަޅެއްގައެވެ. އެޗްއާރުސީއެމްގެ މެމްބަރުން ވަކިކޮށް އެކޮމިޝަންގެ މަޤާމުތައް ހުސްވެފައިވާއިރު، އެމަޤާމުތަކަށް ހުޅުވާލުމުން ކުރިމަތިލާނެ ބަޔަކުނުވެ 2 ފަހަރެއްގެ މަތީންވަނީ ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

އެޗްއާރުސީއެމްގެ އިތުރުން ސިވިލްސާވިސް ކޮމިޝަންވެސް މިވަގުތު އޮތީ ޤާނޫނީ ހުސްކަމެއްގައެވެ. ކޮމިޝަންގެ އެންމެ މެމްބަރެއް ފިޔަވައި ދެންތިއްބެވި މެމްބަރުން ވަނީ ވަކިކޮށްފައެވެ. ސީއެސްސީއަށް ކުރިމަތިލުމަށް ހުޅުވާލުމުންވެސް، ކުރިމަތިލާނެ ބަޔަކު ނުވެ 2 ފަހަރެއްގެ މަތީންވަނީ މުއްދަތު އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


6

އިބުރޭ

05-Aug-2020

ހިސާބަށްވުރެ ވަގުން ގިނަވެފައި ޤާނޫނުގައި އޮތަސް ތިޔަ ކޮމިޝަންތަކުގެ އަގުވެއްޓުމުން ރައްޔިތުން ބަލައި ނުގަން ނަނީ ކަމަށް ބެލެވެނީ


-11

ޔޫސުފް

05-Aug-2020

މުއައްސަސާ ތަކުގައި ތިބެންޖެހެނީ ވެރިކަންކުރާ ޕާޓީގެ އެކްޓްވީސްޓުން ކަމަށް މަޖިލީހުން ދެކޭއިރު, މީހަކު ކުރިމަތި ނުލިނަމަވެސް އެ މަގާމުތަކަށް އެފަދަ މީހުން އައްޔަނު ކުރަންވީނުންތޯ? ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނިގައިވާ އަދަދަށްތިބިތޯ? ފަނޑިޔާރަކަށްމައްސަލާ އެއް ނިންމަން ނުކެރިގެން އުޅެނީ މަޖިލީހުން ނުރުހޭ ގޮތަކަށް ނިންމިއްޖެނަމަ މަގާމުގެއްލި ދާނެކަމަށް ޔަގީންވާތީތޯ? ނޫނީ މުއައްސަސާތަކު ތިބި ބަޔަކުތިބީ މަޖިލީހުން ބުނާގޮތަކަށް ބުނާކަމެއް ކުރާތީތޯ?


3

ބޭރުކުރި މީހާ

05-Aug-2020

ޢަޅާނުލާ! ރޯޔަލް ރޭޕް ކޭސް ބަލަންފެށި ހިސާބުން "އިންސާނީ ޙަައްޤު" ކިޔާ މީހެއްގެ ފިރިމީހާ ސަލާމަތް ކުރަން އެންމެން "ވަކި" ކުރީ.



ޓްރެންޑިން