އާއްމުކޮށް ކުނި އަޅާ 10 މަގެއްގެ ނަން ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ.

މި ރަމަޟާންމަހު މާލޭގެ މަގުތަކަށް ކުނި އަޅާ މިންވަރު އިތުރުވުމާ ގުޅިގެން ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލުން ވަނީ ވެށިފާރަވެރިން މަގުތަކަަށް ނެރެ، އަދި ކުނި އަޅާ މީހުން ހޯދަން ސީސީޓީވީ ފޫޓޭޖްތައް ބަލައި ފުލުހުން މެދުވެރިކޮށް އެ މީހުން ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ސިޓީ ކައުންސިލުން ވަނީ ކުނި އުކާ މީހުން ހޯދުމަށް ފަހު އެމީހުން ލައްވާ ކުނިތައް އުކާލުމުގެ މަސައްކަތް ފަށައިފަ އެވެ.

ސިޓީ ކައުންސިލުން މިއަދު ވަނީ އާއްމުކޮށް ކުނި އަޅާކަމަށް ފާހަގަ ކުރެވޭ ތަން ތަންވެސް އާއްމު ކޮށްފައެވެ. އެގޮތުން އެ ކައުންސިލުން ފާހަގަ ކުރި 10 ތަނަކީ؛

1- އަލަމާ ގޯޅި

2- ކެނެރީ ގޯޅި

3- ހަދީބީ މަގު

4- އޯޑިއޯން ގޯޅި

5- މާވެޔޮމަގު ފަތަހަ ކަންމަތި

6- ހެންވޭރު ސަހާރާ ކަންމަތި، ކާސިންޖީ މަގު

7- ބަރުޖޯރާ ގޯޅި ކަންމަތި

8- މ.ޕިއްޒާ ބޯނާ ކަންމަތި

9- ދިލްބަހާރު މަގު، ދަގަނޑުކެނޑިގޭ ގޯޅި ކަންމަތި

10- ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅި އެވެ.

‎މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ސިޓީ ކައުންސިލުގެ ނަންބަރ، 9341144 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ފޮނުއްވުމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން