ރޯދަމަހާ ދިމާކޮށް ގދ. ހޯޑެއްދުއަށް 400 ކިލޮވޮޓްގެ ޖަނަރޭޓަރެއް ސެޓެއް ގެންގޮސްފިއެވެ.

ފެނަކައިން ބުނީ، ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ 400 ކވ ގެ ޖެންސެޓް މިހާރު ހޯޑެއްދޫއަށް ގެންގޮސް އަދި އިންސްޓޮލޭޝަންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރަށް ވެފައި، ރަމަޟާން މަހަށް ވުމުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަރަންޓް ބޭނުން ކުރާ މިންވަރު މަތިވެއެވެ. އެކަމަށް ބަލައި ފެނަކައިން ދަނީ އެކި ހިސާބުތަކަށް ބޭނުންވާ ޖަނަރޭޓަރު ސެޓް ފޯރުކޮށްދެމުންނެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިހާރަށް ކޮންމެހެން ބޭނުންވާ ހަ ރަށަކަށް ޖެނެރޭޓަރުސެޓް ގެންގޮސް ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހދ. ވައިކަރަދޫއަށް 250 ކިލޮވޮޓްގެ ޖަނަރޭޓަރެއް ގެންދިއުމަށް އުޅަނދަކަށް ލާފައި ވާއިރު، ހޯޑެއްދޫ ޖަނަރޭޓަރު ގުޅުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މުއާޒް ވިދާޅުވިއެވެ.



މީގެ އިތުރުން ބާކީ ހަތަރު ރަށުގެ ޖަނަރޭޓަރު ސެޓް މިހާރު ވަނީ ކަސްޓަމްސް ކްލިއަރެންސްގައި ކަމަށް މުއާޒް ވިދާޅުވިއެވެ. އެއީ؛

1. ހއ ދިއްދޫ

2. އައްޑޫ ސިޓީ

3. ކުޅުދުއްފުށި ސިޓީ

4. ރ. މީދޫއެވެ.

މުއާޒް ވިދާޅުވީީ ކުރިއަށް އޮތް ފަސް ވަރަކަށް ދުވަސް ތެރޭގައި މި ޖަނަރޭޓަރު ސެޓުން ހިދުމަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން