ހުއްޓިފައިވާ ގއ. މާރެންދޫ ރިސޯޓްގެ މަސައްކަތް ލަސްނުވެ އަލުން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިޞަލް މިހެން ވިދާޅުވީ އިއްޔެ އެރަށަށް ވަޑައިގެން ދެއްވި އިންޓަވިއުއެއްގައެވެ.

އެ ރަށަށް ވަޑައިގެން މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާ މިނިސްޓަރު ވިދާޅުވީ މާރެންދޫ މާކެޓަށް ނެރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ހާއްސަ ކޮމިޓީއެއް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

އަދި އެ ރަށުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާ ވާހަކަ ދައްކައިގެން މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މާރެންދޫގެ މަސައްކަތް އިތުރަށް ލަސްވާ ނަމަ މިނިސްޓްރީގެ ތެރެއިން މަސައްކަތް އަވަސް ކުރުމަށް ކުރަން ހުރި ކަންކަން ކުރައްވައި މަސައްކަތަށް ބަދަލު ގެންނަން ޖެހޭ ނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

އަދި މިހާރު މަސައްކަތް ކޮށްފައިވާ ހިސާބަށް ބަލާއިރު ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަސްތެރޭ ރަށް ވިޔަފާރީއަށް ހުޅުވާލެވޭނެކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން މާރެންދޫގައި ރިސޯޓެއް ތަރައްގީ ކުރަން ފެށީ 2016 ގައެވެ. ނަމަވެސް 2019 އިން ފެށިގެން އެ ރަށުުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން