ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވުނުނަމަވެސް އެމްޑީޕީން ވިސްނާފައިއޮތީ ގައުމުގެ ހާލަތު ރަނގަޅުވަންދެން ދެ އަހަރުގެ މުއްދަތަށް ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ސަރުކާރުން ވަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިކަމަށްބުނެ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކައާއި ގުޅިގެން ސަރުކާރުގެ ގިނަ ބޭފުޅުންތަކެއް އެކަމަށް ރައްދުދެމުންދަނިކޮށް ނިހާދު މިއަދު ވިދާޅުވީ، އެމްޑީޕީގެ ވިސްނުމަކީ އޮތީ ވެރިކަން ލިބުމުން ދެ އަހަރަށް ޕީއެސްއައިޕީ ހުރިހާ ޕްރޮޖެކްޓެއް މަޑުޖައްސާލުންކަމަށް އޭރު ލީޑަރޝިޕުން ދިޔައީ ބުނަމުން ކަމަށެވެ.

ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ގެންދަވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް "ތެޔޮއެޅޭނެ އިންތިޒާމު" ހަމަޖައްސަވައި ޕްރޮޖެކްޓްތައް ހިންގަވަމުންކަމަށް ނިހާދުވަނީ ވިދާޅުވެފައެވެ.



މަޖިލިސް ކެމްޕޭންގައި ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ރަށްރަށުގައި ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓިފައިވާކަމަށް ޝާހިދުދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުންދަނީ ބުނަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ މިނިސްޓަރުން މިހާރުވަނީ އެ ވާހަކަތަކުގެ ދިފާއުގައި ތެދުވެފައިކަން ފާހަގަކޮށްލެވެއެވެ.މެމްބަރު ނިހާދުއަކީ ރައީސް ސާލިޙުގެ ސަރުކާރު ބަދަލުވަންދެން ސަރުކާރާއި އެމްޑީޕީގެ ދިފާއުގައި ބަސްބުނަމުންދިޔަ އެމްޕީ އެކެވެ ނަމަވެސް ސަރުކާރު ބަދަލުވިތާ މާގިނަ ދުވަސްތަކެއް ނުވެ ގަނޑުކޮށް ޕާޓީބަދަލުކޮށް ސަރުކާރު ހިންގާ ޕާޓީ އަށް ބަދަލުވި 13މެންބަރުންނާއެކު އޭނާވެސްވަނީ ޕާޓީ ބަދަލު ކޮށްފައެވެ މިބަދަލުވުމުގައި ރިޝްވަތު ހިމެނޭ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ ހާއްސަކޮށް އެމްޑީޕީއިން ތަކުރާރު ކޮށް ދަނީ މިވާހަކަ ދައްކަމުންނެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން