އަމަންއަމާންކަން ގެއްލޭ ފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާލޭގެ ރޯޝަނީ މަގުގައި ގުރޫޕެއްގެ ބަޔަކު މާރާމާރީ ހިންގާ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި އާންމުވެ ގިނަ ބަޔަކު އެކަމާނެދު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެމައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިރޭ އިރާކޮޅު ހެންވޭރުގައި ހިންގި މާރާމާރީއާއި ގުޅިގެން އެކަކު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.



"ފުލުހުންދަނީ މިފަދަ ކަންކަން ހުއްޓުވުމަށް ސަލާމަތީގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން." އިހުސާން ވިދާޅުވިއެވެ.

ޝޯޝަލް މީޑިޔާގައި މިރޭ އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި މާލޭގެ ހެންވޭރު ކޮޅުގައި މަގުމަތީގައި މީހަކު ވައްޓާލައިގެން އެމީހާއަށް ގިނަ ބަޔަކު އަނިޔާ ކުރި މަންޒަރު ފެނެއެވެ. އަދި މާރާމާރީއަށް ފަހު އެއްބައި މީހުން ސައިކަލަށް އަރައިގެން ވަނީ އެ ސަރަހައްދުން ފިލާފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މިމައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން