ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް އޮފީހުން ބުނީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރޭ މާލެ ވަޑައިގެންފައިވާ ކަމަށެވެ.

ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށް ވާތީ އެމަނިކުފާނުގެ ދަތުރުފުޅާއި ގުޅޭ މައުލޫމާތު ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު މީގެ ކުރިން ވެސް ވަނީ ސިންގަޕޫރަށް ދަތުރުފުޅެއް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހުދުހުދު

01-Apr-2024

ތިޔަ ދަތުރު މަށަށް އޯކޭ........ދެރަވަރު ކަމަކީ...........ރީތިކޮށް މިސްކިތް ހަދާފަ މިސްކިތަށް ނައަންނާށޭ ނުބުނެ ބުނާތީ.....މިހާރު އަރަނީ އަގުބޮޑު ރީތި ފައިވާން .ބޫޓަށް ބޭރުގައި ހުއްޓާ ވެހިގަތީ ތެމުނީ ހަލާކުވީ.ހުކުރު މިސްކިތް ހެދި ޒަމާނުގައި ފައިވާނަކަށް ނާރާ.ވަޅުން ފައި ދޮވެގެން އަރަނީ...ޑިޒައިން ފާސް ކުރަނީ މިނިސްޓްރީން.....އަޅެ ކީއްވާނީ ނޭނގި ކުރެވުނީމާ އެކަން ރަނގަގު ކޮށްލަން....ޑިޒައިން ކުރާމީހަކު ގާތު ބުނަންވީނު ހުސް ޖާގަ ދައްކާފަ މިސްކިތުގެ ރީތިކަން ނުގެއްލޭ ގޮތަށް ފައިވާން ބަހަށްޓާ ތަނެއް ޑިޒައިން ކޮށްލާށޭ....ފިނިފެން މަލެއް ހުންނަހެން ވެސް ކޮށްލަފާނެ. **** މިއިން ނޫހެއްގައި އަޅެ ދީނުގެ ކަމެއް ހުރި މީހަކު ހަމަ ނެތީތަ? މިކޮމެންޓް ޖަހާބަލަ.މިވާހަކަ ކުޑަކޮށް ބަލާބަލަ.....މިސްކިތްތަކުގެ ބޭރުގައި ހުންނަ ހަރުތަކުގައި ފައިވާން ބެހެއްޓިޔަސް ވެހިގަތީ ތެމުނީ...މިއީ ސީރިއަސް މަސްއަލައެއް..މިވާހަކަ ރައީސާހަމަޔަށް ފޮނުވާލަދީ...ޘަވާބު ލިބޭނެ ހެޔޮކަމެއް.



ޓްރެންޑިން