ޓްރާންސްފޯމަރެއް ވަގަށް ނަގަން އުޅުނު މީހާ ކަރަންޓުގައި ޖެހި މަރުވެއްޖެ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މީހާ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނީ ހުޅުމާޅެ ދެވަނަ ފިޔަވަހިން ކަމަށެވެ.

އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ވައްކަން ކުރަން އުޅެނިކޮށް މަރުވީ ކޮން ޖިންސެއްގެ މީހެއް ކަމަށްވެސް އަދި ކޮން ގައުމެއްގެ މީހެއް ކަމެއް ވެސް ސްޓެލްކޯއިން ހާމައެއް ނުކުރެއެވެ.

ޓްރާންސްފޯމަރަުން ވައްކަން ކުރަން އުޅެނިކޮށް މީހަކު މަރުވިއިރު ފާއިތުވި ދެ ރޭ މާލެއާއި ހުޅުމާލެއިން ދިޔައީ ކަރަންޓު ކެނޑެމުން ނެވެ. އެއީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާތީ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯއިން ބުނީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމަކީ މެދު ނުކެނޑި ކަރަންޓު ދިނުމަށް އެޅޭ ހުރަހެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން