ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދާ ގުޅުންހުރި ތަންތަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފާސްކުރަން ފަށައިފި އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާގޮތަށް އެ ކޮމިޝަނަށް ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ އަމިއްލަ ކުންފުންޏަށް މާލީ ފައިދާ ލިބޭ ގޮތަށް މަސައްކަތްކުރުން ހިމެނެ އެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީގެ ޓީމެއް މިދިޔަ ބުރާސްފަތި ދުވަހު އެ އެސޯސިއޭޝަނަށް ވަދެ ބަލާ ފާސްކޮށްފައިވާއިރު އިއްޔެ އޭސީސީން ވަނީ މޫސާ ނަޝީދާ ގުޅުންހުރި ތަންތަން ބަލާ ފާސްކުރަން ފަށައިފަ އެވެ.

އެ ތަންތަން ބަލާ ފާސްކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އޭސީސީން ބުނެއެވެ.

ބެޑްމިންޓަންގެ މުބާރާތްތަކުގައި ބޭނުން ކުރާ ބޯޅަ (ޝަޓްލް)، ގަންނަނީ މޫސަގެ އަމިއްލަ ވިޔަފާރި، "އަސްކަނި ސްޕޯޓްސް"އިން ކަމަށްވާތީ އެއީ ކޮރަޕްޝަންގެ އަމަލެއް ކަަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އަދި އަސްކަނި ސްޕޯޓްސްއިން ބީލަން ކާމިޔާބުކުރަނީ ގާނޫނާއި ގަވައިދުތަކުގައި ހުންނަ އެކި ބާގަނޑުތައް ބޭނުންކޮށްގެން ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ނަމަވެސް އެ އެސޯސިއޭޝަނުން އެކަން ވަނީ ދޮގުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން