ބިއްލޫރި ހޮޅިއެއްގެ ތެރެއިން މާލޭގެ ރައްޔިތުން ގުޅިފަޅަށް ގެންދަން ނޫޅުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ރޭ އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ޓަކައި ގުޅިފަޅާއި، ގިރާވަރު ފަޅު އަދި ހުޅުމާލެ ފޭސް ދޭއްގައި މަސައްކަތްތަކެއްކުރަން އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ފެށި ކަމަށެވެ.

އަދި އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ޖުމްލަ 148 ހެކްޓަރުގެ ބިން އެކަމަށް ހިއްކާފައި އޮންނާނެ ކަމަށެެވެ. ހަމަ އެހެންމެ އުތުރު ތިލަފަޅުގެ މަޝްރޫއުވެސް އޮތީ ޕްލޭންކޮށް މުޅިން ނިންމާފައި ކަމަށް އެމަނިކުފާނު ވިދާޅުުވި އެވެ.

"މިއަދު އެތަންތަނުން ގުޅިފަޅުން އަދި ގިރާވަރު ފަޅުން އަދި ހުޅުމާލެ ފޭސް ތިނަކުން ގޯތި ނުދެވޭންވީ އެއްވެސް ސަބަބެއް ނެތް. ތިޔަ ބޭފުޅުންނަށް އެނގި ވަޑައިނުގެންފަ އޮވެދާނެ ހުޅުމާލެ ފޭސް ތިނެއް. ހިއްކަން ފެށީމަ އޭރު މާލޭ ސިޓީގެ މޭޔަރު [މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު] ވިދާާޅުވީ ހުއްޓާލާށޭ. އެއްގޮަތަކަށް ވެސް ކުރަންވާނެ ކަމެއް ނޫނޭ. އެހެން ނަމަވެސް އެއާ އިދިކޮޅަށް އަޅުގަނޑުމެން މަސައްކަތް ފެށީ. މިއަދު އެއޮތީ އެކަން ހުއްޓާލާފައި. ފުށި ދިއްގަރުގައި އަލަށް ބިނާކުރާ ތަނެއްގެ ވާހަކަ. އެތަންވެސް ބިނާ ކުރަންވީ. އެހެން ނަމަވެސް މިއަދު ފެށިފައި މިއޮތް ބޮޑެތި މަޝްރޫއުތައް ހުއްޓާނުލާ ކޮންމެހެން ބިއްލޫރި ހޮޅިއެއްގެ ތެރެއިން މާލޭގެ ރައްޔިތުން ގުޅިފަޅަށް ގެންދަން އުޅޭނެ ކަމެއް ނެތް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު އެ އިޝާރާތް ކުރެއްވީ މާލެއާއި ރަސްމާލެ، އަންޑަރ ވޯޓާ ޓަނަލަކުން ގުޅުވާލުމަށް މި ސަރުކާރުން ނިންމާފައިވާ މަޝްރޫއަށެެވެ. އެ މަޝްރޫއު މި ސަރުކާރުން އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން