މެލޭޝިޔާ އެއަރލައިންސުން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް މިއަހަރު ފަށަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ހުކުރު ދުވަހު އާންމު ކުރި މިމަޢުލޫމާތާއެކު މެލޭޝިޔާ އެއަރލައިންސުން ބުނީ ރާއްޖޭގެ އިތުރުން، ތައިލެންޑުގެ ޗިއަންގް މައި އަދި ވިއެޓްނާމްގެ ޑަ ނަންގް އަށް މިއަހަރު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ރާއްޖެ އާއި މެލޭޝިޔާ އާއި ދެމެދު މިއަހަރު އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ފަށަން ހަމަ ޖެހިފައިވާ ދަތުރުތައް، އެ އެއާލައިނުން ކޮންމެ ދުވަހަކު ކުއަލަލަމްޕޫރާއި ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ފްލައިޓް ޝެޑިއުލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފްލައިޓްތަކަށް ޓިކެޓް ބޫކް ކުރުމަށް މިހާރު ހުޅުވާލައިފައިވާއިރު، ޓިކެޓްގެ އަގު އުޅެނީ، އެއްކޮޅު ޓިކެޓެއް 200 ޑޮލަރަށް އަދި ދެކޮޅު ޓިކެޓް 299 ޑޮލަރަށެވެ.



މެލޭޝިޔާ އެއަރލައިންސުން ވިއެޓްނާމްގެ ޑަ ނަންގް އަށް ހަފްތާގެ ކޮންމެ ދުވަހަކު ޝެޑިއުލް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ފަށަން ނިންމާފައިވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުއެވެ. އަދި ތައިލެންޑްގެ ޗިއަންގް މައި އަށް އޮގަސްޓް 15 އިން ފެށިގެން ހަފްތާއަކު ފަސް ފްލައިޓް ޝެޑިއުލް ކުރަން ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން