ފާތިމަތު ނަޒީފާ އަޙްމަދު   24 މާރިޗު 2024 - 12:54
އިހުސާސް ކުރެވޭ ހޫނުމިން 44.7 ޑިގްރީސެލްޝިއަސްއަށް އަރައިފި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އާއްމުކުރާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ.

އެގޮތުން މީގެ ދެދުވަހެއް ކުރިން ފެށިގެން އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީއަށް އެރިއެވެ. ނަމަވެސް މިއަދުގެ 11:00ގައި މެޓް އޮފީހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، ހުޅުލެއަށް މިއަދު ވަނީ އިހުސާސް ކުރެވޭ ހޫނުމިން 44.7 ޑިގްރީއަށް އަރާފައެވެ.

ހަނިމާދޫއަށް މިއަދު އިހުސާސް ކުރެވޭ ހޫނުމިން 43.7 ޑިގްރީގައި ހުރި އިރު، ކައްދޫގައި ހުރީ 41 ޑިގްރީގައެވެ. އަދި ކާޑެއްދޫގައި 41.7 ޑިގްރީގައި ހޫނުމިން އިހުސާސް ވާއިރު، ގަމަށް ހޫނުމިން އިހުސާސުވަނީ 40.8 ޑިގްރީގައެވެ.

އެންމެ ގިނަ ވަގުތު ހޫނު ގަދައީ މެދުރާއްޖެތެރެއަށް ކަމަށް މެޓްގެ ހޯދުންތަކުން ދައްކައެވެ.

މިއީ އެންމެ ހޫނު ދުވަސްވަރު ކަމަށާއި އަދިވެސް ހޫނުމިން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓުން ވަނީ ހާމަކޮށްފައެވެ. މެޓް ޑޭމަން އޮފީހުން މިއަދު ބުނީ، މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. އަދި ވިލާ މަދުވުމާއި ވައި މަޑުވުމުގެ އިތުރުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާ ކަަމަށް އެ އޮފީހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން