ކަންކަން ވާނެއޭ ކިޔައިގެން ވެރިކަމަށް އައި މި ސަރުކާރުން، ކުރީ ސަރުކާރުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މ. އަތޮޅު ރަތްމަންދޫގައި ހުންނަވައި ދެއްވި ވީޑިއޯ މެސެޖެއްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރެއްވުމެއް ނެތި ފެއްޓެވި މަޝްރޫޢުތައް މިހާރުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހޭދަ ކުރެއްވި ކަމަށެވެ. މި ސަރުކާރުން މި ތިންމަސް ތެރޭގައި ހޭދަކޮށްފައިވަނީ 300 މިލިއަން ރުފިޔާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެއާއެކު މި ސަރުކާރުގެ އިސް ބޭފުޅުން ވަނީ ޝާހިދުގެ ވާހަކަތަކަށް ހޫނު ރައްދުތަކެއް ދެއްވައިފަ އެވެ.

އެކަމާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ ކޮންމެ ރަށަކުން ފެންނަނީ ހުރިހާ ޕްރޮޖެކްޓެއް ހުއްޓިފައި އޮންނަ މަންޒަރު ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރާ ހަވާލުވީ ތިމަންނާއަށް ވާނެ އޭ، ކުރާނަމޭ ކިޔައިފައި ކަމަށާއި އެހެންވެ ކުރީ ސަރުކާރޭ ކިއުމުގެ ހައްގެއް މިހާރު ނޯންނާނެ ކަމަށެވެ.

"އަމިއްލައަށް ހަވާލުވީ ހުރިހާކަމެއް ކުރާނަމޭ ކިޔާފަ. ހެދިދޮގުން ސަލާމަތް ވާން ނިއުޒިލޭންޑް ބޭފުޅުންވެސް ނެރެގެން އަނެއްކާވެސް ދޮގު." ފައްޔާޒް އިތުރަށް ވިދާޅުވި އެވެ.

ފައްޔާޒް އެ އިޝާރާތްކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ދެއްކެވި ވާހަކަ ތަކަށެވެ. ޝާހިދަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނެތި ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އެޅުވީ އަނދުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

އާމިނަތާ

08-Apr-2024

ޔާމީން ސަރުކާރުގެ ވާހަކަ އެމްޑީޕީ ސަރުކާރު ނިމެންދެންވެސް ހުއްޓާ ނުލާދެއްކި. އެހެންމީހުން ވީ ނުދައްކަން.



ޓްރެންޑިން