ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގައި އަޅާފައިވާ ފުރަބަންދުގެ ހާލަތު ދޫކޮށްލާއިރު ދޫކޮށްލަނީ ވަރަށް ހަރުދަނާކަމާއިއެކުގައިކަމަށާއި ރާއްޖޭގައި މިކަންވެސް އޮތީ ގަދަ ހިފުމަކަށް ގޮސްފައިކަމަށް މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާއިރު ބަލިޖެހޭ މީހުންނާއި ބަލީގައި ފަރުވާދޭ މީހުންގެ އަދަދުދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޚާއްސަކޮށް މާލެ ސަރަހައްދު ފުރަބަންދުކޮށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރުވަނީ ވަނީ ލުއިދީފައެވެ. ފުރަބަންދަށް ދީފައިވާ ލުއިތަކަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވީ ލޮކްޑައުން ކުރުމަށްފަހު އެ އުވާލާއިރު ދުނިޔޭގެ އެހެން ޤައުމުތަކުގައި އެކަން ކުރަނީ ވަރަށް ވިސްނުން ތެރިކަމާއިއެކުގައިކަމަށެވެ.

ދުނިޔޭގެ ބޮޑެތި މުސްލިމު ޤައުމުތަކުން މިސާލު ނަންނަގަވަމުން މޫސަ ވިދާޅުވީ މައްކާގެ ހަރަމްފުޅަށް އެކަނި ބަލައިލުމުންވެސް ލުއިތައް ދޭއިރު ފިޔަވަޅުތައް ހުންނަންޖެހޭ ގޮތް ސާފުވާކަމަށެވެ. ރާއްޖޭގައި މިކަންވެސް އޮތީ ގޯސްކޮށް ކަންކުރާ މީހާއަށް އަދަބުދިނުމުގެ އުސޫލުކަމަށް މޫސަ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިކަންކަމުގެ ސިސާޔަތު ކަނޑައެޅުމަށް ތިއްބެވި ދައުލަތުގެ އިސްވެރިންގެ މެދުގައި ވަނީ ގަދަ ހިފުމަކަށް ގޮސްފައި ކަމަށް ވިދާޅުވެ މޫސަގެ ނުސީދާ ރައްދެއް ރައީސް ޞާލިހުއާއި ރައީސް ނަޝީދަށް ވަނީ އަމާޒު ކޮށްފައެވެ.

"ގިނަ ޤައުމުތަކުގަ ފުރަބަންދުން ދޫކުރީ ވަރަށް ހަރުދަނާ ފިޔަވަޅުތަކާ އެކީ މިސާލަކަށް ބައްލަވާ ގެފުޅު އަރިހުގަ ތޮވާފްކުރާމަންޒަރު؟ ސިފައިންވެސް ތިބެގެން. މިރާއްޖޭގަ ޑަކްޓަރުންގެ ލަފަޔާއެކު ހަމައެކަނި އިއުލާނެއް، ދެންޖޫރިމަނާ. މިސާލުދައްކަންތިބި މީހުން ގަދަހިފުމުގަ." މޫސާ މަނިކު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވަމުންދާއިރުވެސް ފިޔަވަޅުތައް ނޭޅިދަނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމަށް ދެކޮޅު ހައްދަވާތީކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ކޯވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިން މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވަނީ ކޯވިޑް-19 އަކީ އާދައިގެ ރޯގާއެއްކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި މިއީމާބޮޑު ކަމެއް ނޫންކަމަށާއި، ރާއްޖޭގެ އެންމެނަށް ބަލިޖެހުމުގެ ފުރުސަތު ބޮޑުކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މޫސަ ވިދަޅުވީ ޤައުމުގެ ހާލަތު ބޮޑު އަދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅުގައިވެސް ދައުލަތުގެ ވަޒީރަކު ލޮލަށް ފެންނަނީވެސް މަދުފަހަރަކު ޓީވީން އެކަނިކަމަށެވެ. ވަޒީރަކު ރައްޔިތުންގެ ކައިރިއަށް ނުގޮސް އަމިއްލަ އާއިލާ ހިމާޔަތްކުރުމުގައި ވަގުތު ހޭދަކުރަމުންދާކަމީ މިއަދު ފެންނަ މަންޒަރުކަމަށެވެ.

"ވަޒީރަކު ލޮލަށްފެންނަނީ ޓީވީއަކުން. 6 މަސްވީއިރު ރާއްޖޭގެ ރަށަކަށް އަރާލާ ގައިދުރުކޮށް މާސްކާ ހެލްމެޓާ އަޅައިގެންވެސް ކަންކަންދާ ނުދާ ގޮތްބަލާ ލުމަށްވުރެ އަމިއްލައަށް އާއިލާއާއެކު ގޭގަ؟ ގޭނެން ވީމަ ކުޑަމުސާރަލިބޭ ދަށްމަޤާމުގެ މީހާ. އެމީހުނަށްބަލިޖެހުނަސް ހެޔޮތަ؟" މޫސަ ވިދާޅުވިއެވެ.

ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިދަޑިވަޅުގައި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އިތުރުވަމުންދަނީ ދިވެހިންނެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 93 ދިވެހިން ހިމެނެއެވެ. މިއާއެކު ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިވަނީ 2178އަށް އަރާފައެވެ. ބަލީގެ ނުރައްކާ އެންމެބޮޑު ވެރިކަންކުރާ މާލެ ސަރަހައްދު ވެފައިވަނީ ދުނިޔޭގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއްސިޓީގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙަބޭސއ

06-Aug-2020

ޥަރަށް ރަގަޅުވާހަކައެއް މޫސަ ބުނުއްވީ



ޓްރެންޑިން