ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފު ކޮށްދޭން ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ އިރުކޮޅެއް ކުރިން އެކްސްއެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފު ކުރަން ނިންމަވާފައިވާ ކަމަށެވެ.





އަދި އެކަން ކަމާ ބެހޭ ކުންފުނިތަކަށް އަންގަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނުދެއްކި ހުރި ފައިސާތައް ވެސް ލުއި ގޮތަކަށް ދެއްކުމަށް އެއްބަސްވުމެއް ހެދުމަށް ކުންފުނިތަކަށް އަންގަވާފައިވާނެ ކަމަށެވެ.

"ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމާބެހޭ ކުންފުނިތަކަށް ވާނީ ދަންނަވާފައި. އަދި ނުދެއްކި ހުރި ފައިސާ ލުޔިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ވާނީ ދަންނަވާފައި." ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން