ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޑީޕީން ބުނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ މަޢުލޫމާތު އެކިއެކި ފަރާތްތަކުން ހިއްސާކޮށްފައިވާ ކަމަށެވެ. އެފަދަ ކަމެއް އެއްވެސް ކުންފުންޏެއްގައި ހިނގާނަމަ އެކަމާ ގުޅޭ އެންމެހާ މަޢުލޫމާތު އެމްޑީޕީގެ އީމެއިލް މެދުވެރިކޮށް ހިއްސާކޮށްދިނުމަށް އެދޭ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްއާއެކު އިއްޔެ އއ. މާޅޮހަށް ކުރި ދަތުރުގައި ސްޓެލްކޯގެ މެނޭޖަރު އަހްމަދު ލަތީފް އެމްޑީޕީގެ ޓީމަށް މަރުހަބާ ކިޔުމަށް ބައްދަލުކުރުމުން މިއަދު އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ލ. މާބައިދޫ ސްޓޭޝަން މެނޭޖަރ ހަސަން ޝައުގީ ވެސް އެއްވެސް ޚައްގަކާނުލާ ވަޒީފާއިން މިއަދު ވަކިކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓި ނެތި މިވަރުކޮށްލާއިރު، މެޖޯރިޓީ ލިބިއްޖެނަމަ މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން