ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދޮރުން ދޮރަށް ކުރައްވާ ކެމްޕޭނުގައި، މިއަދު މައްޗަންގޮޅި އުތުރުގައި ކެމްޕޭން ކުރައްވައިފިއެވެ.

މާލޭގައި ދޮރުން ދޮރަށް ކެމްޕޭން ހަރަކާތްތައް ރައީސް ފައްޓަވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ދޮރުން ދޮރަށް ވަޑައިގަންނަވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.



ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ރައީސް މިހާތަނަށް ބޮޑަށް ކުރެއްވީ އަތޮޅުތަކަށް ވަޑައިގެންނެވެ. އެގޮތުން މިދިޔަ މާޗު މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް 33 ދުވަހުން ރައީސް ވަނީ 150 ރަށުގެ ކައުންސިލާ ބައްދަލު ކުރައްވައިފަ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި 89 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ ޕާޓީއާއި އިދިކޮޅުންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން