ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގައި ގައުމުގެ މިސްރާބު ހުރީ ތަރައްގީއާއި ދުރަށް އަޅުވެތި ކަމާއި ދިމާލަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.



ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުގައި ގައުމުގެ މިސްރާބު ކަމު ނުގޮސްގެން ދިވެހިންގެރާއްޖެ އަށް ދިވެހި ރައްޔިތުން މިސްރާބު ޖަހާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުން މިހާރު ކަނޑައަޅަންވީ މި މަސައްކަތް ނިންމުމުގެ އަޒުމް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހުރިހާ ފޮނި މީރުކަމެއް ހޯދަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި އިގްތިސާދީ ގޮތުން ވެސް ރާއްޖޭގެ މިސްރާބު އޮތީ އަޅުވެތިވެފައި ކަމަށާއި އެތައް ބިލިއަން ޑޮލަރެއްގެ ލޯނުތައް ނަގައި، ވެރިކަން ނިމުނުއޮރު ލޯނުތައް ދެއްކޭނެ ގޮތެއް ވެސް ފަހިނުކޮށްފައި ނުވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެމްޑީޕީން ވެރިކަން ނިންމާލީ ރާއްޖޭގެ ރައްޔިތުންގެ ބޮލުގައި 120 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ދަރަނި އަޅުވާފައި ކަމަށެވެ. އަދި ކުރީގެ ސަރުކާރު ނިމުނިއިރު އެތައް ވިޔަފާރިތަކަކަށް ސަރުކާރު އޮތީ ދަރާފައި ކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރު ވެރިކަމުން ފައިބައިގެން ދިޔައީ 9 ބިލިއަން ރުފިޔާގެ ބިލު ނުދައްކާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުގައި މިސްރާބު ހުރި ހިސާބު، މިވަރުން ވެސް ސާފުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެ ބިލުތައް ނުދައްކާ އޮތުމުން ގިނަ ރަށްތަކުގައި މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށެވެ. އެގޮތުން އޭރު މިސްރާބު ހުރީ ތަރައްގީއާ ދުރަށް، އަޅުވެތިކަމާއި ދިމާލަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ މިއަދު އައިސް ތިމަންނަ މެންގެ ސަރުކާރުގައި ވަރަށް ބާރަށް މަސަައްކަތް ގެންދިޔައޭ، އަޅުގަނޑުމެން އައިސް ހުއްޓާލީ އޭ ވިދާޅުވިއަސް އެކަން ހިނގި ރަށްތަކުގެ ރައްޔިތުންނަށް އެކަން ވީގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، އެހެންވީމަ މިސްރާބު އޭރު ހުރީ ތަރައްގީ އާއި ދުރަށް އަޅުވެތިކަމުގެ ތެރެއަށް، އަދި ކޮރަޕްޝަންގެ ތެރެއަށް އެއްކޮށް ގޮސް ހުސްވެފައި،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ވ

01-Apr-2024

ތިވަރަށްބޮޑުތެދެއް ދެރަކަމަކީ ރައީސް ޔާމީނު އެއްފަރާތް ކޮއްފަ އަދި މިނިވަށްކުރަޒްނޫޅޭތި



ޓްރެންޑިން