ރޯދަ މަހު ދުވާލު ބަނަހެއް ކޭ މީހާ ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 40 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގަިއ ބުނެފައިވާ ގޮތުގައި ފޭރުމުގެ އަމަލެއް އޭނާ ހިންގާފައިވާ ކަމަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.

ހަމަ އެެހެންމެ އޭނާގެ މައްޗަށް ހުށަހަޅާފައިވާ ހެކިތަކުން ރޯދަ މަހު ދުވާލު ބަނަހެއް ކޭ ކަން ވެސް ހާމަވާ ކަމަށެވެ.

އެ މީހާގެ ބަންދަށް ޖަހާދީފައިވަނީ ދެ ދުވަހެ އެވެ. އެއީ އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮންނަ މީހަކަށް ވެފައި އޭނާ ދޫކޮށްލައިފައި ހުރެއްޖެނަމަ މުޖުތަމައުގެ ހަމަޖެހުމަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.

ރޯދަ މަހު ކައިގެން މީގެ ކުރިން ވެސް އެތައް ބައެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވެސް ހިނގާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން