މޮސްކޯގެ ކޮންސަރޓް ހޯލަކަށް ދިން ޓެރަރިސްޓު ހަމަލާގައި، ބަޑީގެ ހަމަލާތަކުން އެތައްބަޔަކު މެރުމަށްފަހު، ޓެރަރިސްޓުން ވަނީ ހޯލްގައި ރޯކޮށްލާފައެވެ.
މޮސްކޯގެ ކޮންސަރޓް ހޯލަކަށް ދިން ޓެރަރިސްޓު ހަމަލާގައި، ބަޑީގެ ހަމަލާތަކުން އެތައްބަޔަކު މެރުމަށްފަހު، ޓެރަރިސްޓުން ވަނީ ހޯލްގައި ރޯކޮށްލާފައެވެ.
މޮސްކޯގައި ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަޝިޔާގެ ރައީސް ވްލާޑިމީރ ޕޫޓިން އަށް ތައުޒިއާ ވިދާޅުވެއްޖެއެވެ.

މޮސްކޯގެ ކޮންސަރޓް ހޯލަކަށް ދިން ޓެރަރިސްޓު ހަމަލާގައި 100 އަށްވުރެއް ގިނަ މީހުން މަރުވެފައިވާއިރު، މިހަމަލާ ދީފައިވަނީ ހަރުކަށި ފިކުރުގެ ޖަމާޢަތެއްކަމަށްވާ އައިސިސްކަމަށް އެޖަމާޢަތުން ވަނީ ހާމަކޮށްފައެވެ، މިހާދިސާގައި ބަޑީގެ ހަމަލާތަކުން އެތައްބަޔަކު މެރުމަށްފަހު، ޓެރަރިސްޓުން ވަނީ ކޮންސަރޓް ހޯލްގެ ބޮޑުބައެއްގައި އަލިފާން ރޯކޮށްލާފައެވެ.

މިހާދިސާ އާއި ގުޅިގެން ޕޫޓިން އަށް ފޮނުއްވި ތައުޒިއާގެ މެސެޖުގައި ރައީސް ޑރ، މުއިއްޒު ވަނީ ދިވެހިރާއްޖެ އިން މިހާދިސާ ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ގޮތަކުންވެސް ޓެރަރިޒްމްގެ އަމަލުތައް ރާއްޖެއިން އަބަދުވެސް ކުށްވެރިކުރައްވާނެކަން ހާމަކޮށްފައިވެއެވެ.

މި މެސެޖް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ރަޝިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، ހާލުގައި ޖެހިފައިވާ އާއިލާތަކަށާއި، ހަމަލާގެ އަސަރު ކުރި މީހުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން