ދަރުމަވަންތަ މިސްކިތުގައި ހުރި ދެ ފަންކާ ވަގަށް ގެންގޮސްފި އެެވެ.

މާޅޭ ސިޓީ ކައުންސިލުން ބުނީ ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި 2 ފަންކާ ވަގަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށައަޅާފައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

އެ މައްސަލައިގައި ފުލުހުންގެ ބަހެއް ނުލިބެ އެވެ.

މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައި ވެއެވެ. އެގޮތުން މިސްކިތުގައި ހުންނަ ހަތިމު ވެސް ވަގަށް ނަގައިގެން ގޮސް ވިއްކަން އުޅެފައި ވެއެވެ.

ނަމަވެސް މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްގެން 24 ގަޑިއިރު ބަލަހައްޓާ ކަމަށް މީގެކުރިން ސިޓީ ކައުންސިލުން ބުނެފައި ވީ ނަމަވެސް މިފަހަރު މިކަން ހިނގާދިޔަ މިސްކިތުގައި ސީސީޓީވީ ހުރި ކަމެއް ނުވަތަ ނެތްކަމެއް ވެސް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން