ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ބަލީގައި މިއަދު ނިޔާވެފައިވާ މިމީހާއަކީ ޢުމުރުން 80 އަހަރުގެ ދިވެހި އަންހެނެއްކަމަށް އެޗްޕީއޭއިން ބުނެވެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 19ވަނަ މީހާއެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

އެޗްޕީއޭއިން ބުނީ މި މީހާ ނިޔާވެފައިވަނީ މިއަދު 9:30ގައި ކަމަށެވެ. ކޯވިޑް-19ގައި މިއަދު ނިޔާވި މީހާއާއެކު، މިހާތަނަށް މި ބަލީގައި ރާއްޖެއިން 13 ދިވެހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ. ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 4،164 އެވެ. އޭގެ ތެރެއިން 2،643 މީހަކު ރަނގަޅުވި އިރު 18 މީހަކު ވަނީ މަރުވެފަ އެވެ. އެކްޓިވް ކޭސްގެ މިހާރުގެ އަަދަދަކީ 1،488 އެވެ



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން