ފަންބޮނޑި މޯލްޑިވްސް އިން ތ. އަތޮޅު މަޑިފުށީގައި އޯޕަންއެކްސަސް ނެޓްވޯކެއް ގާއިމް ކުރުމުގެ މަަސައްކަތް ފަށައިފިއެވެ.

ފަންބޮނޑި މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ފާތިމަތު އާސިޔާ ވިދާޅުވީ، މި މަސައްކަތުގެ ދަށުން އެ ކުންފުނީގެ އޯޕަންއެކްސަސް ނެޓްވޯކްގެ ތެރެއިން އެރަށަށް ހައި ސްޕީޑް އިންޓަރނެޓާއި ޓީވީގެ ހިދުމަތުގެ އިތުރުން، އިތުރު ޓެކްނޮލޮޖީގެ ތަފާތު ހިދުމަތްތައް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް މި އޭޕްރީލް މަސްތެރޭ އެރަށަށް ހައި ސްޕީޑް އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނުން." އާސިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އާސިޔާ ވިދާޅުވީ، އިންޓަރނެޓަކީ އަދުގެ ދުނިޔޭގައި އަސާސީ ހިދުމަތެއް ކަމަށް ވާއިރު، އެކުންފުނީގެ ނެޓްވޯކްގެ ސަބަބުން އެރަށަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް އެ ކުންފުނިން ގާއިމް ކޮށްފައި ވަނީ ވިލުފުށީގަ އެވެ. އެ ކުންފުނިން އިތުރު ރަށްރަށުގައި މިފަދަ ނެޓްވޯކުތައް ގާއިމް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ފައިބަރ އޯޕަން އެކްސެސް ނެޓްވޯކްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މުއާސަލާތީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން