އިރުއިރުކޮޅުން އައްޑޫ ސިޓީއިން ކަރަންޓު ކަނޑާތީ، އެކަން މިހާރު ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވެއްޖެ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އިތުރަށް ސަމާލު ވާން ޖެހޭ ކަމަށެވެ. އަދި ރޯދަ މަހެއްގައި ގަޑިއަކުން ގަޑިއަކުން ކަރަންޓް ކަޑަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ރައްޔިތުން އުފުލަން ޖެހިފައިވާ މައްސަލައެއް ކަމަށް ނިޒާރު ފާހަގަ ކުރެއްވިއެވެ.

"މިކަމަށް އަވަސް ހައްލެއް ލިބޭނެކަމުގެ މާބޮޑު އުއްމީދެއް ނުވާއިރު، މި މައްސަލަ މިހެން ދިމާވެދާނެ ކަމަށް ތަކުރާރުކޮށް ހުށައެޅިފައިވާނެ. ފެނަކައިގެ އެއްމެ އިސްވެރިންގެ އެކަށީގެންވާ ޖަވާބެއް މިކަމުގައި ލިބިނުދާ ކަމާއި ދޭތެރޭ ހިތާމަ ކުރަން." ނިޒާރު ވިދާޅުވިއެވެ.



ޖަނަރޭޓަރ ސެޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ތާވަލު ކޮށްގެން އައްޑޫ ސިޓީއިން ކަރަންޓް ކަނޑާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ފެނަކައިން ބުނީ، އައްޑޫގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ ޖެނެރެޓަރ ސެޓަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، ތާވަލު ކޮށްގެން ލޯޑު މަތިވާ ގަޑިތަކުގައި ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށެވެ.

އަދި މައްސަލަ ޖެހުނު ޖެނެރޭޓަރގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތަކުގެ އިތުރުން 2 މެގަވޮޓްގެ ޖެނަރޭޓަރ ސެޓް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރެވެމުން ދާ ކަމަށް ފެނަކައިން ބުންޏެވެ.

"މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން." ފެނަކައިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އަދުރޭ

01-Apr-2024

ހުރިހާ ގޭގާ ސޯލާ ހަރުކޮއްބަލަ އޭރުން ކޮންމެސް ވަރެއްގެ ހައްލެއް ލިބިދާނެ



ޓްރެންޑިން