ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރަށްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ކުރައްވާ ކެމްޕޭނުގައި، މިއަދު ވިލިމާލޭގައި ކެމްޕޭން ކުރައްވައިފިއެވެ.

ވިލިމާލެ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓަކީ މުޙައްމަދު އިސްމާޢީލްއެވެ.

ކެމްޕޭނަށް ރައީސް ވިލިމާލެއަށް ވަޑައިގެންނެވުމުން ގިނަ ބަޔަކު ނުކުމެ ރައީސްއަށް މަރުހަބާ ދަންންވާފައި ވެއެވެ. މި ކެމްޕޭނުގެ ތެރޭގައި ރައީސް ވަނީ ވިލިމާލޭގެ ގޭބިސީތަކާއި މަގުތަކުގެ އިތުރުން މާރުކޭޓުގައި ހިންގަވައި ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ.



މާލޭގައި ދޮރުން ދޮރަށް ކެމްޕޭން ހަރަކާތްތައް ރައީސް ފައްޓަވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ދޮރުން ދޮރަށް ވަޑައިގަންނަވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ރައީސް މިހާތަނަށް ބޮޑަށް ކުރެއްވީ އަތޮޅުތަކަށް ވަޑައިގެންނެވެ. އެގޮތުން މިދިޔަ މާޗު މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް 33 ދުވަހުން ރައީސް ވަނީ 150 ރަށުގެ ކައުންސިލާ ބައްދަލު ކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން