ދިވެހިރާއްޖެއިން ޗައިނާ އާއި ބަންގްލަދޭޝަށް ސަފީރުން ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވައިފިއެވެ.

އެގޮތުން ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ރައީސް ފޮނުއްވާފައި ވަނީ، ސ. ހުޅުދޫ، އަސަރީގޭ، ޝިއުނީން ރަޝީދުގެ ބަންފުޅެވެ. އަދި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ރައީސް ފޮނުވާފައި ވަނީ މ. ފަށަލަ، ފަޒީލް ނަޖީބުގެ ނަންފުޅެވެ.

މި ދެ ބޭފުޅުންގެ ނަންފުޅު ދިރާސާ ކުރުމަށް މަޖިލީހުގެ އިދާރާއިން ވަނީ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ޝިއުނީން މިވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ. އަދި ޑރ. ފަޒީލް އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމު އަދާކުރެއްވީ އޮކްޓޯބަރު 2008 އިން ޑިސެމްބަރު 2013 ގެ ނިޔަލަށެވެ. އޭނާއަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މޯލްޑިވްސްގެ ގަވަރުނަރުގެ އިތުރުން ދެކުނު އޭޝިއާގެ މަރުކަޒީ ބޭންކުތަކުގެ ނެޓްވޯކެއް ކަމަށްވާ ސާކް ފައިނޭންސްގެ މިހާރުގެ ޗެއާމަންވެސްމެއެވެ.

ފަޒީލް ވަނީ ކޮމާޝަލް ލޯ (އިންޓެލެކްޗުއަލް ޕްރޮޕަޓީ) އިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން