ހއ. ދިއްދުއަށް ގެންދާ ޖަނަރޭޓަރު ސެޓް މިއަދު އެރަށަށް ފޯރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޯޕަރޭޝަނުން ބުނީ، ދިއްދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ 1 މެގަވޮޓްގެ ޖަނަރެޓަރ އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

"މާދަމާގެ ވަގުތެއްގައި ދިއްދޫއަށް ފޯރާނެ ކަމަށް ލަފާ ކުރެވޭ" އިއްޔެ ފެނަކައިން ބުންޏެވެ.



މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރަށް ވެފައި، ރަމަޟާން މަހަށް ވުމުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަރަންޓް ބޭނުން ކުރާ މިންވަރު މަތިވެއެވެ. އެކަމަށް ބަލައި ފެނަކައިން ދަނީ އެކި ހިސާބުތަކަށް ބޭނުންވާ ޖަނަރޭޓަރު ސެޓް ފޯރުކޮށްދެމުންނެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު މީގެ ކުރިން އެކްސްގައި ވިދާޅުވީ، މިހާރަށް ކޮންމެހެން ބޭނުންވާ ހަ ރަށަކަށް ޖެނެރޭޓަރުސެޓް ގެންގޮސް ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން